ads
ހަމަލާދޭތަން ފެންނަ ވީޑިއޯގެ މަންޒަރެއް
ކެމެރާ ކުރިމަތީގައި ދިއެފްއެމް ކުރީގެ ސީއީއޯ މަސްއޫދަށް ހަމަލާދިން މީހާ ދޫކޮށްލައިފި
ދިއެފްއެމް ކުރީގެ ސިއިއޯ މަސްއޫދު ހިލްމީއަށް މިދިޔަ ހަފުތާގައި ކެމެރާ ކުރިމަތީގައި ހަމަލާދީ ޒަހަމްކޮށްލުމުން ވެސް އެ މައްސަލާގައި ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި އެވެ.

މަސްއޫދުއަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ލ. ފޮނަދޫގައި އޭނާގެ އަންހެންނުނާއި އެކު ސައިކަލް ދުއްވަމުން ދަނިކޮށް ދަގަނޑު ބުރިއަކުންނެވެ. 

އާއްމްވެފައިވާ ވީޑިއޯ ފެންނަ ގޮތުން ކަޅުކުލައިގެ ޕީސީއެކްސް ސައިކަލެއްގައި އައި މީހަކު މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ދަގަނޑު ބުރިއަކުން ނެވެ. 

މޯލްޑިވްސް މީޑިޔާ ކައުންސިލް މެމްބަރު ކަންވެސް ކޮށްފައިވާ މަސްއޫދުއަށް ހަމަލާ ދިން މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް (ލޯޑް) އެވެ. އޭނާ އަކީ މިދިޔަ ޑިސެމްބަރު މަހު މަސްއޫދުގެ ކާރުގައި ރޯކޮށްލި މައްސަލައިގައި ވެސް ފުލުހުން ތަހުގީގު ހިންގަމުންދާ ފަރާތްކަމަށްވެ އެވެ. 

މިހާރު ލާމް އަތޮޅުގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މަސްއޫދު މީޑިޔާތަކަށް އޭރު ވިދާޅުވީ ހަމަލާދިން މީހާ މަސައްކަތްކޮށްފައި ވަނީ އޭނާގެ ބޮލަށް ހަމަލާދިނުމަށް ކަމަށާއި އެހެންނަމަވެސް އަތް ހިއްލާލެވުމުން ހަމަލާ ޒަހަމްވެފައި ވަނީ އަތަށް ކަމަށެވެ. 

މަސްްއޫދަަށް ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އެރޭ ވަނީ ގަން ރީޖަންލް ހޮސްޕިޓަލުން ފަރުވާ ވެސްހޯދާފަ އެވެ. 

ކާރުގައި ރޯކޮށްލިތާ ގާތްގަނޑަކަށް ނުވަ މަސް ދުވަސް ވެފައިވާއިރު، މިމައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އަހުމަދު ސަމީމްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ މައްޗަށް ދަނީ ތަހްގީގް ހިންގަމުންދިޔަ ކަމަށްވެ އެވެ. 

ޓެރަރިޒަމްގެ މައްސަލައެއްގައި ފުލުހުން ތުހުމަތުކޮށް ތަހްގީގް ހިންގާ ފަރާތްވެސް މުޖުތަމައަށް ދޫކޮށްލާފައިވާތީ ގިނަބައެއް އޭރު ވެސް ގެންދިޔައީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

މަސްއޫދުގެ އެ ކާރުގައި ރޯކޮށްލާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް ދަންވަރު ތިނެއްް ޖަހާ ކަންހާއިރު ލ. ފޮނަދޫ، މެދު އަވަށު އިޖްތިމާއީ މަރުކަޒުކައިރީގައި ޕާކްކޮށްފައި އޮއްވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް