ads
އަނޫޕަމް އާއި އާމިރު--
އަނުޕަމްގެ މަރުގައި އާމިރުގެ އިހުމާލު އޮތް ކަމުގެ ތުހުމަތުކޮށްފި
ސްޓާޕްލަސް އިން 2009 ވަނަ އަހަރު ގެނެސްދިން "މަންކީ އާވާޒް ޕްރަތިގްޔާ" އިން ބެލުންތެރިންގެ މަޝްހޫރުކަން ހޯދި އެކްޓަރު އަނުޕަމް ޝިޔާމް މަރުވީ މި ހަފްތާގެ ތެރޭގައެވެ. މަރުވިއިރު އޭނާގެ އުމުރަކީ 63 އަހަރެވެ.

އަނޫޕަމް ޝިޔާމް މަރުވެފައި ވަނީ ކިޑްނީ އިންފެކްޝަނެއް ޖެހި މުމްބާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. އޭނާ ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ފާއިތުވި ހަފްތާގައި އެވެ. 

އަނުޕަމްގެ މަރާ ގުޅިގެން އޭނާގެ ކޮއްކޮ އަނޫރާގް ޝިޔާމް ވަނީ ބޮލީވުޑު ތަރި އާމިރު ހާން އަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އަނުރާގް ބުނިގޮތުގައި އާމިރު އޭނާ ވެފައިވާ ވައުދު ފުއްދިނަމަ މިއަދު އޭނާގެ ބޭބެ ދުނިޔޭގައި ހުރީހެވެ.

އޭނާ ކިޔައިދިން ގޮތުގައި އަނޫޕަމް ވަނީ އާމިރުގެ ކިބައިން ލޯނަކަށް އެދިފައެވެ. އެ ލޯނަކީ އޭނާ ޑައިލަސިސް މެޝިނެއް ގަތުމަށްޓަކައި އެދުނު ލޯނެއް ކަމަށާއި އަނޫޕަމް ބޭނުންވީ އޭނާގެ އަމިއްލަ އަވަށަށް ދާން ކަމަށް ވެސް އަނުރާގް ބުނެފައެވެ. އަދި އެ އަވަށަކީ ޑައިލިސިސް ހިދުމަތް ލިބޭނެ ތަނެއް ނޫން ކަމުން އާމިރު ކައިރީ އެހީއަށް އެދުނީ އެ ސަބަބަށް ކަމަށް އޭނާ ބުންޏެވެ.

އާމިރުގެ ކިބައިން އެއް މެޝިނުގެ އަގަށް އެދުނު ނަމަވެސް އާމިރު ވަނީ 5 މެޝިންއަށް ވާ ލާރި ދޭނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް އަނޫރަގް ބުނި ގޮތުގައި ފަހުން އާމިރަށް ގުޅުމުން ފޯނެއް ވެސް ނުނަގައެވެ.

އާމިރުގެ އެހީ ނުލިބި އަނޫޕަމްގެ މަންމަ މަރުވީ ވެސް ކުޑަ ދުވަސްކޮޅެއް ކުރިން ކަމަށާއި އެކަމާ އަނުޕަމް ވަރަށް ހިތާމަކުރި ކަމަށް އަނުރާގް ބުނެފައިވެއެވެ.

އަނުޕަމް ވަނީ އާމިރު އާއެކު "ލަގާން" އާއި "މަންގަލް ޕާންޑޭ" ފަދަ ފިލްމުތައް ކުޅެފައެވެ. 

18%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް