ads
ހިރިމަރަދޫ ސްކޫލް
އާދީއްތަ ދުވަހުން ފެށިގެން ހިރިމަރަދޫ ސްކޫލް ދަރިވަރުން ސްކޫލަށް ދާނެ
އަންނަ އާދީއްތަ ދުވަހުން ފެށިގެން ހިރިމަރަދޫ ސްކޫލް ދަރިވަރުން ސްކޫލަށް ދާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ވާހަކަދެއްކެވި ބޭފުޅަކު ސީއެންއެމް އަށް ވިދާޅުވީ އެކައުންސިލަށް މިނިސްޓަރު ގުޅުއްވައި މިހާރު ސްކޫލުގައި ހުރި މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން މިއަދު ވާނީ ބެލެނިވެރިންނާ ބައްދަލުކޮށް ސްކޫލަށް ދަރިވަރުން ފޮނުވައި ދިނުމަށް އެދިފައި. އާދީއްތަ ދުވަހުން ފެށިގެން ސްކޫލަށް ދަރިވަރުން ނުކުންނާނެ" ކައުންސިލުން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވިއެވެ. 

އެރަށު ސްކޫލަށް މިއަހަރު ދަރިވަރުން ނުފޮނުވަން ނިންމީ އެސްކޫލްގެ ބެލެނިވެރިންނެވެ. ބެލެނިވެރިން އެހެން ނިންމީ ސްކޫލގައި ކިޔަވައި ދިނުމުގެ ފެންވަރަށް އެކަށީގެންވާ ބަދަލެއް ވޭތުވެ ދިޔަ އަށް އަހަރުތެރޭ އައިސްފައި ނުވާތީ ކަމަށް ބެލެނިވެރިން ބުނެއެވެ. އަދި އޭގެ އިތުރުން މިއަހަރު ކިޔެވުން ފެށުނު އިރުވެސް އެއްވެސް ތައްޔާރީއެއް ވެފައި ނުވާ ކަމަށާއި، ބޭރުގެ ޓީޗަރުންވެސް އެރަށަށް ގޮސްފައިވަނީ ލަހުންކަމަށްވެސް ބެލެނިވެރިން ބުނެއެވެ. 

ކައުންސިލުން ބެލެނިވެރިންނާ ހަވާލާދީ ބުނީ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މިނިސްޓްރީން ވިދާޅުވި ކަންކަން ނުކުރެވިއްޖެއްޔާ އަނެއްކާވެސް ދަރިވަރުން ސްކޫލަށް ފޮނުވުން ހުއްޓާލާނެކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް