ads
“މަޒްލޫމް”ގެ ޕޯސްޓަރެއްގައި ނުޒޫ…
އިއްލެގެ "މަޒްލޫމް" އަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް!
ދެހާސް ނަވާރަ ވަނަ އަހަރު ދިވެހި ސިނަމާ އަށް ބޮޑު އިންގިލާބެއް ގެނެސްދިން ފިލްމު "ބަވަތި" ގެ ޑައިރެކްޓަރ އިލްޔާސް ވަހީދުގެ "މަޒްލޫމް" އަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އިއްލެ ބުނެފިއެވެ.

އާސިމް އަލީ ވެސް ޕްރޮަޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ "މަޒްލޫމް" އަކީ ރޭޕްގެ ހާދިސާތަކެއްގެ މައްޗަށް އަލި އަޅުވާލައި ތައްޔާރުކޮށްފައިވާ  ސަސްޕެންސް ތްރިލާއެކެވެ.

ކަޒްމިކް އިންޓަނޭޝަނަލް އާއި އައި ފިލްމްސް ގުޅިގެން ހެދި ކުރު ފިލްމު "މަޒްލޫމް" މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ބައިސްކޯފުގައި ސްޓްރީމްކުރަން ފެށި އެ ފިލްމާއި ބެހޭ ގޮތުން އިއްލެ ބުނީ، ފިލްމު ރިލީޒް ކުރުމުން ގިނަ ބަޔަކު އެ ފިލްމު ބެލި ކަމަށާއި ގިނަ ބައެއްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދިޔަ ކަމަށެވެ.

އޭނާ އިތުރަށް ބުނީ، އަދިވެސް ފިލްމު ބެލުމަށްފަހު ބެލުންތެރިންގެ ފޮނި ބަސްތައް ރައްދު ކުރަމުންދާ ކަމަށާއި ހީކުރި ވަރަށް ވުރެއް "މަޒްލޫމް" އަށް އޮތް ތަރުހީބު ބޮޑު ކަމަށެވެ.

"ހުސް ޕޮޒިޓިވް ފީޑް ބެކް ލިބެނީ. މިހާރުވެސް ފިލްމު ބަލާފަ މީހުން ކޮމެންޓް ކުރާތީ ވަރަށް ހިތްހަމަޖެހިފަ މި ހުރީ،" ކުޅަދާނަ ޑައިރެކްޓަރު އިއްލެ ބުންޏެވެ.

އިއްލެ ބުނީ، ފިލްމު ބަލާފައި ތަރިންގެ އެކްޓިންއާ މެދު ބެލުންތެރިން ކުރަމުުންދާ ކޮމެންޓްސް ތަކާއި މެދު ފިލްމުގެ ލީޑުން ފެނިގެންދިޔަ ހުރިހާ ތަރިން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.

"މަޒްލޫމް" ގެ ލީޑުން ފެނިގެންދަނީ އިންޑަސްޓްރީގައި ފިޔަ ޖަހަމުން އަންނަ ވާޝިޔާ މުހައްމަދާއި ނުޒުހަތު ޝުއައިބްގެ އިތުރުން "ބަވަތި" އިން ފެނިގެންދިޔަ އިފްނާޒް އާއި ޝާރިފް އަދި އަލަށް ފިލްމީ ދާއިރާއަށް ތައާރަފް ވެގެންދިޔަ ޝަރަފް އަބްދުالله އެވެ. 

އިއްލެ ބުނީ، ކުރިޔަށް އޮތީ ހަމަ އެ ސީރީޒްގެ ދަށުން ގެނެސްދޭ ދެވަނަ ފިލްމު ފިލްމު "ޒައްރޫކު" ކަމަށެވެ. އޭގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާއިރު ވީހާވެސް އަވަހަށް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިއްލެ ބުނެއެވެ. 

އިއްލެގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ނުޒުހަތު ޝުއައިބް ލީޑުން ފެނިގެންދާނެ "ނީނާ" ވެސް ހިމެނެއެވެ. ސިނަމާތައް ހުޅުވުނުހާ އަވަހަށް "ނީނާ" ސިނަމާތަކަށް ގެންނަން އިއްލެ ހުރީ އަތުކުރި އޮޅާލައިގެންނެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް