ads
ރައީސް ސޯލިހު އާއި ރައީސް ނަޝީދު--
އިންކުއަރީ ރިޕޯޓުގެ 38 ރެކޮމެންޑޭޝަންއަކަށް މިހާރުވެސް އަންނަނީ އަމަލުކުރަމުން: ސަރުކާރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ(241) ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓްގައިވާ ކަންކަމަށް ރިއާޔަތްކޮށް 38 ކަމެއް މިހާރުވެސް ތަންފީޒުކުރަމުންދާކަމަަށް ރައީސް އޮފީހުން ބުނެފި އެވެ.

އިންކުއަރީ ރިޕޯޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްް އަށް އަރުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 11ވަނަ ދުވަހުއެވެ. އެކަމަށްޓަކަައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ރައީސް ވަނީ "ހެދިފައިވާ ގޯސްތައް" ކަމަށް އެ ރިޕޯޓްގައި ފާހަގަކުރި ކަންކަން ކުރިއަށް އޮތް ތަނުގައި އިސްލާހު ކުރައްވާނެ ކަމަށާއި، އެ ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ)ގެ ހުށައަޅުއްވައި، ގައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ފައެވެ.

އެފަހުން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ރައީސް ސޯލިހް އެންއެސްސީގެ މެންބަރުންނާއި އިއްޔެ ވަނީ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. 

އެކަން ހާމަކުރައްވާ، ރައީސް އޮފީހުން ބުނީ، އިއްޔެގެ އެ ބައްދަލުކުރެއްވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ (ރެކޮމެންޑޭޝަންތަކުގެ) ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒުކުރަން ޖެހޭ ކަންކަން ފާހަގަކުރައްވާފައި ވާކަމަށެވެ. އަދި އެ ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ، މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތަކެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮންކަންކަަމެއް ހާމަކޮށްފައެެއް ނުވެއެެވެ. 

ރައީސްް އޮފީހުން ބުނީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ރައީސް އެންއެސްސީ މެންބަރުންނާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އިންކުއަރީ ރިޕޯޓްގައިވާ ކަންކަމަށް ރިއާޔަތްކޮށް 38 ކަމެއް މިހާރުވެސް ތަންފީޒުކުރަމުންދާކަމަަށް ރައީސް އޮފީހުން ބުނެފައިމިވަނީ، މަޖިލީހުގެ 241 ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓުން ފާހަގަވި ކަންކަން ރަނގަޅުކޮށް ސަމާލަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަން ކަށަވަރު ކުރުމަކާނުލާ ނަޝީދު އެނބުރި ރާއްޖެ އަންނާކަށް ނޭދޭކަމަށާއި އެކަމާ ނުރުހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައި ވަނިކޮށެވެ.

އެހެންނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ޗެއާޕާސަން ދެކެވަޑައިގަންނަވާ ގޮތް އެއީ އަބަދުވެސް އެމަނިކުފާނު ވިސްނަވާނެ ކަމެއް ކަމަށެވެ. ހަމައެފަދައިން އެމްޑީޕީން ދެކޭ ގޮތާމެދު ސަރުކާރުން ވެސް ވިސްނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

މަޖިލީހުން އާއްމު ކޮށްފައިވާ އެރިޕޯޓަކީ ގައުމީ ސަލާމަތީ އިދާރާތަކާއި ކަމާއި ބެހޭ އެހެނިހެން އިދާރާތަކުގެ އިސްވެރިން ހާޒިރުކޮށްގެން މައުލޫމާތު ނަގައި އެމައުލޫމާތަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.  

މަޖިލީހުގެ 241 ކޮމިޓީން މިމަހުގެ އަށް ވަނަދުވަހު ނެރުނު ގާތްގަނޑަކަށް 270 ސަފްހާގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ހިމަނާފައިވާއިރު، ޑިފެންސް މިނިސްޓްރީން އެ މައްސަލާގައި ވެފައިވާ ބޮޑެތި އިހުމާލުތަކެއްގެ ވާހަކަ ވަނީ ފާހަގަކޮށްފައެވެ. 

އަދި އެ ހާނދިސާއަކީ އެކަން ހިނގުމުގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާއަށް އެކަމުގެ އިންޓެލިޖެންސް މައުލޫމާތުތަކަކަށްވާއިރު ހަމަލާ ދެވުމާއި ހަމަަޔަށްވެެސް އެއްވެސް ފިޔަވަޅެއް ނޭޅުއްވުމުގެ އިިތުރުން، އެ މައުލޫމާތު ކަމާއިބެހޭ އެއްވެސް އިދާރާއަކާއި ހިއްސާކޮށްފައި ނުވާތީ އެއީ ހަމަލާ ހުއްޓުވުމަށްޓަކައި މިނިސްޓަރު ދޭން ވާ އަހުމިއްޔަތުކަން ނުދިނުމުގެ ސަބަބުން ހިނގާފައިވާ ނުރައްކާތެރި ހަމަލާއެއް ކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް