ads
އައްޔަގެ “ބީވުން” އަންނަ މަހު ފެށޭނެ….
ގޮޅާ އައްޔަގެ “ބީވުން” ފަށަން ތައްޔާރު ވަނީ!
ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ މޮޅު ކެމެރާމަން އަލީ ރަޝީދު(ގޮޅާ އައްޔަ) ޑައިރެކްޓްކުރަން ނިންމާފައިވާ ޑްރާމާ ސިލްސިލާ “ބީވުން” ފަށަން ތައްޔާރުވަމުންދާ ކަމަށް ބުނެފިއެވެ.

“ބީވުން” އެއީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާ 13 އެޕިސޯޑުގެ ޑްރާމާއެކެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން އައްޔަ ބުނީ، އެ ސީރީޒްގެ ވާހަަކަ އަކީ އޭނާގެ އަންހެނުން އައިމިނަތު ރިނާޒާ ތައްޔާރުކޮށްފައިވާ ވާހަކައެއް ކަމަށާއި ޑްރާމާގެ ވާހަކަ ބިނާ ވެފައިވަނީ އާއިލާ އެއްގެ ތެރޭގައި ދިމާވާ ބޮޑެތި މައްސަލަތަކެއްގެ މައްޗަށް ކަމަށެވެ.

ރިނާޒާ އަކީ ބައިސްކޯފުގައި ދެއްކި މަގުބޫލު ޑްރާމާ ސީރީޒް “ހަނާ” ގެ އިތުރުން “ހިތޭދޭމީ” އަދި “ފުރަބަންދު” ގެ ރައިޓަރ ކަން ފާހަގަކޮށްލެވެއެވެ.

މޭޓް ސްޓޫޑިއޯގެ ފަރާތުން މުހައްމަދު ފުއާދު (ފޯޑް) ޕްރޮޑިއުސްކުރާ “ބީވުން” އާ ބެހޭ ގޮތުން އައްޔަ އިތުރަށް ބުނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރުވަމުންދާ ކަމަށާއި މިވަގުތު ކާސްޓުން ފައިނަލް ކުރަމުންދާ ކަމަށެވެ.

އައްޔަ ބުނީ، ގިނަ އަދަދެއްގެ ތަރިން ޑްރާމާ އިން ފެންނާނެ ކަމަށާއި އޭގެ ތެރޭގައި ފިލްމީ ދާއިރާއިން މިހާރުވެސް ފެންނަމުންދާ މޫނު ތަކުގެ އިތުރުން މުޅިން އާ ފަންނާނުން ވެސް ފެންނާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ޑްރާމާގެ ކާސްޓުން އިއުލާނު ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކުޅަދާނަ ކެމެރާމަން އައްޔަ އެންމެ ފަހުން ޑައިރެކްޓް ކޮށްފައިވަނީ ސަހުޒާ އާއި އަމަން ލީޑު ރޯލުން ފެނިގެން ދިޔަ ޑްރާމާ “ޝަކުވާއަކާނުލާ” އެވެ.

އައްޔަ މިވަގުތު މަސައްކަތް ކުރަމުން އަންނަނީ ފޯޑްގެ ކުރިޔަށް އޮތް ޑްރާމާ “ރޭރޭ” ގައެވެ. އައްޔަ އަކީ އެ ޑްރާމާގެ ކެމެރާމަންގެ އިތުރުން އެޑިޓަރުވެސް މެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް