ads
ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގައި--
ކުނި ނެގުމުގެ އުސޫލަށް ބަދަލުގެނެވިފައި ވާ ވާހަކައަކީ ސައްހަ ވާހަކައެއް ނޫން: ވެމްކޯ
ގޭގެއަށް ގޮސް ކުނި ނެގުމާއި ބެހޭގޮތުން މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތައް ވެމްކޯއިން ދޮގުކޮށްފި އެވެ.

މާފަންނުގެ ރައްޔިތުންނާއެކު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަގުމަތީގައި ކުނި ކޮތަޅުތައް ބަހައްޓާފައި ހުރުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި، މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުން އުކާލާ ކުނި ނަގަމުންގެންދާނީ ކުރިއެކޭ އެއްގޮތަށް ގޭގެއަށް ވަދެގެން ކަމަށެވެ.

މިގޮތަށް ބަދަލުކުރަން ނިންމާފައިވަނީ ކޮވިޑް-19 ގެ ހާލަތު މާލޭގައި ރަނގަޅުވަމުން އަންނާތީކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކައުންސިލަރުންގެ މެދުގައި ވާހަކަ ދެކެވި، މިކަމުގައި ވެމްކޯއާ އެކު ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. 

ނަމަވެސް އެވާހަކަތައް ދޮގުކޮށް މިއްދަު ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޅުނު ހާއްސަ ފިޔަވަޅެއްގެ ގޮތުން އޭޕްރިލް 16 އިން ފެށިގެން އެކޯޕަރޭޝަނުން ދަނީ މާލެސަރަހައްދުގެ ގޭބިސީތަކުން ކުނި ނެގުމަށް އުސޫލެއް އާންމުކޮށް، އެއަށް އަމަލުކުރަމުން ކަމަށާއި، އެކޯޕަރޭޝަނުން ކުނި ނެގުމުގެ އުސޫލަށް ބަދަލުގެނެވިފައި ވާ ވާހަކައަކީ ސައްހަ ވާހަކައެއް ނޫން ކަމަށެވެ.
މާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުންދިޔުމާއި ގުޅިގެންމިކަމަށް ރިއާޔަތްކޮށް އެކޯޕަރޭޝަނުން ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ބަދަލުގެނައުމަށް އެޗްޕީއޭ އާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ފަހު އެކަން އެކޯޕަރޭޝަނުން އިއުލާނު ކުރާނެ ކަމަށްވެސް ވެމްކޯގެ އެބަޔާނުގައި ބުނެފައިވެއެވެ. 

އެހެންކަމުން އެކަމަށް ގޮތެއް ނިންމެންދެން މާލޭ ސަރަހައްދުގައި ކުނި ނަގަމުންދާނީ މިހާރުވެސް އޮންނަ އުސޫލުތަކުގެ މަތިން ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. ގޭގެއަށް ގޮސް ކުނި ނެގުން ހުއްޓާލާފައިވަނީ ކޮވިޑް-19 ފެތުރެން ފެށުމާއެކު، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އޭގެ ފަހުން އުކާލަން ބޭނުންވާ ކުނި ޖެހެނީ މަގުމައްޗަށް ނެރެފައި ބަހައްޓާށެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް