ads
ބާރަތު ވައްޓާލުމަށް ފަހު "ވޯ" ބޮކްސް އޮފީހުގައި ކުރިއަށް ޖެހިލައިފި
މިއަހަރުގެ މިހާތަނަށް ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ފެށުން ރަނގަޅު ފިލްމުގެ ރިކޯޑު ވެސް މުގުރާލީ ޓައިގާ ޝްރޮފާއި ރިތިކް ރޯޝަން ލީޑު ރޯލުން ފެނިގެންދާ ފިލްމު، "ވޯ" އެވެ.
މިއަހަރުގެ މިހާތަނަށް ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ފެށުން ރަނގަޅު ފިލްމުގެ ރިކޯޑު ވެސް މުގުރާލީ ޓައިގާ ޝްރޮފާއި ރިތިކް ރޯޝަން ލީޑު ރޯލުން ފެނިގެންދާ ފިލްމު، "ވޯ" އެވެ.

ފުރަތަމަ ފަހަރަށް ރިތިކް އާއި ޓައިގާ އެކުގައި ފެނިގެންދާ މި ފިލްމު މިވަނީ ކުޅަދާނަ ބަތަލު ސަލްމާން ހާނު ލީޑުން ފެނިގެން ދިޔަ ފިލްމު، "ބާރަތު"ގެ ރިކޯޑެއް ވެސް މުގުރާލާފަ އެވެ.

ފިލްމަށް ހަތަރުވަނައަށް ވީ ދުވަހު ވޯއަށް މިވަނީ 124 ކްރޯޑް ރުޕީސް ލިބިގެން ގޮސްފަ އެވެ. އާމިރު ހާނުގެ، ތަގްސް އޮފް ހިންދޮސްތާނީއަށް ހަތަރު ވަނައަށްވީ ދުވަހު 119 ކްރޯޑް ލިބިގެން ދިޔައިރު ސަލްމާންގެ ބާރަތަށް ލިބުނީ 122.20 ކްރޯޑެވެ. އެކަމަކު ހަތަރު ދުވަހުން 124 ކްރޯޑު ހޯދައި ވޯ މިވަނީ ބޮކްސް އޮފީހުގައި ވަރުގަދަ ކޮށްލާފަ އެވެ.

ޔަޝް ރާޖް ޕްރޮޑަކްޝަނުން ނެރުނު އެ ފިލްމު ޑައިރެކްޓް ކުރީ ސިދާތު އަނަންދެވެ. ފިލްމުގެ ޓްރެއިލާއަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.

ފިލްމު އެޅުވުމުގެ ކުރިން ބެލުންތެރިންގެ ފަރާތުން ރިތިކް ވަނީ ވަރަށް ބޮޑު އެދުމެއް ވެސް އެދިފަ އެވެ. އެއީ ފުރަތަމަ ފިލްމު ބެލުމަށް ފަހު ފިލްމުގައިވާ ގޮތްތައް ސޯޝަލް މީޑިއާގައި އާންމު ނުކުރުމަށެވެ.

ލީޑު ރޯލުން ޓައިގާ ފެނިގެން ދާއިރު ލީޑު ބަތަލާގެ ގޮތުގައި ފިލްމުގައި މަސައްކަތް ކުރަނީ ވާނީ ކަޕޫރެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގްބޫލުކަން ހޯދި ޓައިގާ އެންމެ ފަހުން ފެނިގެން ދިޔައީ، ސްޓޫޑަންޓް އޮފް ދަ އިޔާ 2 އިންނެވެ.

ރިތިކަކީ ދެހާހުގެ އަހަރުތައް ފެށިގެން އައި އިރުއްސުރެ ބޮލީވުޑުގައި ނަން ވިދާލަމުން އަންނަ ތަރިއެކެވެ. އަދި ވެސް އޭނާގެ ފިލްމުތަކަށް ބޮޑު ތަރުހީބެއް ލިބެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް