ads
އިބްރާހިމް ޝުޖާއު---
ހިޔާ ފްލެޓު ކުލި ކުޑަނުވާނެ ކަމަށް ބުނުމުން ޝުއާޖުގެ ރައްދެއް
ހިޔާ ފްލެޓްތަކުގެ މަހު ކުލި ކުޑަ ކުރެވެން ނެތް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވުމާ ގުޅިގެން، ޕީއެންސީގެ ނައިބް ރައީސް އަދި ހުޅުމާލެ ކައުންސިލަރ އިބްރާހިމް ޝުޖާއު އެކަމަށް ރައްދުދެއްވައިފިއެވެ.

ހިޔާ ފްލެޓުގެ ކުލީގެ ގޮތުގައި އެޗްޑީސީން ކަނޑައަޅާފައިވަނީ 7500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ކުރީގެ ސަރުކާރުގައި އެ އަގު ކަނޑައަޅާފައިވަނީ ޖުމުލަ 6،600 ރުފިޔާއަށެވެ.

އެޗްޑީސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުހައިލް ވިދާޅުވީ ކުލި ނަގައިން ލިބޭ ފައިސާއިން ނޫނީ ލޯނު ދެވެން ނެތް ކަމަށާއި އެހެން ކަމުން ކުލި ކުޑަކުރެވޭނެ ޖާގައެއްނެތް ކަމަށެވެ.

މިކަމަށް ރައްދު ދެއްވައި ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރާއި އެޗްޑީސީއަށް އުޅެނީ ކުލި ކުޑަކުރަން ނޭނގިގެން ކަމަށެވެ. ސަރުކާރަށް އޮންނާނެ ކުޑަކުރެވޭނެ ގޮތް ހުށައަޅާފައި އޮންނާނެ ކަން ފާހަގަކުރައްވާ ޝުޖާއު ވަނީ، ކުރީގެ ރައީސް ޔާމީން ނިންމެވި ގޮތަށް ކުލި އެގޮތަށް ހަމަޖެއްސުމަށް ގޮވާލާފައެވެ. 

މި ފަހުން ހިޔާ ފްލެޓު ލިބުނު ފަރާތްތަކުން ވަނީ ކުލި 5400 އަށް ކުޑަކޮށްދިނުމަށް އެދި އިހުތިޖާޖު ވެސް ކޮށްފައެވެ.

ފްލެޓް ލިބުނު ފަރާތްތަކުން ކުރިއަށް ގެންދިޔަ އެ ހިނގާލުމަކީ ޔޫނިއަންގެ ފަރާތުން މިދިޔަ ޖޫން އެއްވަނަ ދުވަހު ސަރުކާރަށް ހުށަހެޅި ޕެޓިޝަން އަށް މިހާތަނަށް ދައުލަތުގެ އެއްވެސް ވުޒާރާއަކުން އެއްވެސް ކަހަލަ ޖަވާބެއް ދީފައެއް ނުވުމުން އެކަމަށް ހައްލު ހޯދާ ސަރުކާރަށް އެ ފަރާތްތަކުގެ ކަންބޮޑުވުން އިއްވުމަށް ބޭއްވި ހިނގާލުމެކެވެ.

ހިޔާ ޔޫނިއަންގެ ފަރާތުން ސަރުކާރަށް ހުށަހެޅި ޕެޓިޝަނުގައި އެދިފައިވަނީ، މިހާރު ނަގާ 8،500 ރުފިޔާގެ ކުލި 5،600 ރުފިޔާއަށް ކުޑަކޮށް ދިނުމަށާއި، ފިނިޝިން އަށް ދޭ ގްރޭސް ޕީރިއަޑްގެ މުއްދަތު 12 މަސް ދުވަހަށް އިތުރުކޮށްދިނުމުގެ އިތުރުން ކޮންމެ ޔުނިޓެއްގެ އިންޓީރިއާ ފިނިޝިން އަށް ޖެހޭ އަގުގެ ޖުމްލަ އަގުން، އެއްލައްކަ ރުފިޔާ މާފުކޮށްދިނުމަށެވެ.

 އެހެންނަމަވެސް މިހާތަނަށް އެކަމަށް ސަރުކާރުގެ ފަރާތުން ސާފުޖަވާބެއް ދީފައިނުވާކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މިފަހުން ހައުސިން މިނިސްޓްރީއާއި އެޗްޑީސީ އަދި ރައީސް އޮފީހުގެ ބައެެއް ބޭފުޅުން ހިޔާ ޔޫނިއަންއާއި ބައްދަލުކޮށް ފްލެޓްތަކުގެ އަގު ކުޑަކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަަށް އޭރު އެ ޔޫނިއަންއިން ބުނެފައިވެެއެވެ.

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް