އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު
މާލޭގައި ގޭސްފުޅިއެއް ގޮވައި، ފިހުނު މީހަކަށް ފަރުވާދެނީ
Share
މާލޭގައި ގޭސް ފުޅިއެއް ގޮވައިގެން ހާދިސާއެއް ހިނގައިފިއެވެ.
Advertisement

އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނު ބިސްބުރު ކައިރީ ހުންނަ ވަގުތީ މިސްކިތް ކުރިމަތީގައި ހުރި ގުދަނެއްގައި ގޭސް ފުޅިއެއް ގޮވުމުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. 

މި ހާދިސާގައި އެކަކަށް އަނިޔާވެފައިވާއިރު، އެ މީހާއަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. 

އެމްއެންޑީއެފުން އަންނަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ހާދިސާގެ އިތުރު މައުލޫމާތު އެމްއެންޑީއެެފުން ހިއްސާކޮށްފައެއްނުވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ގޮވާފައިވަނީ އަލިފާން ނިއްވާ ފުޅި ރައްކާކުރާ ގުދަނެއްގައި ކަމަށާއި ގޮވާފައިވަނީ އެފްއެމް200 ގެ ސިލިންޑަރެއް ކަމަށެވެ. 

ހާދިސާގައި ދިވެއްސެއްގެ އިތުރުން ބިދޭސީއަކަށް ވެސް ވަނީ އަނިޔާވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް