ads
ލ.ފޮނަދޫ މަގުމަތި
މޮނިޓަރިން އުވާލައި ފޮނަދޫ އާއްމު ހާލަތަށް
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލ. ފޮނަދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.

ފޮނަދޫ ކައުންސިލުން ވަނީ ރަށުގެ މޮނިޓަރިން ހާލަތު އުވާލިކަން ކަށަވަރު ކޮށްދެއްވާފައެވެ. 

ފޮނަދޫ މޮނިޓަރިންގެ ހާލަތައް ގެނައީ މިމަހުގެ 3 ވަނަ ދުވަހު އެވެ. އެ ރަށް މޮނިޓަރިންއަށް ލީ މާލެއިން ފޮނަދޫއަށް ދަތުރު ކުރި ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. 

ފޮނަދޫގައި މިވަގުތު ކޮވިޑް19 ބަލީގެ އެކްޓިވް ކޭސްއެއް ނެތެވެ. 

ފޮނަދޫގެ މޮނިޓަރިންގެ ހާލަތު އުވާލުމާއިއެކު މިހާރު މޮނިޓަރިންގައި އޮތީ 8 ރަށެކެވެ. އެއީ ރ. ދުވާފަރު، ކ. ކާށިދޫ، މ. ކޮޅުފުށި، ށ. ފީވަށް، ހއ. ތަކަންދޫ، ދ. ކުޑަހުވަދޫ، އއ. ހިމަންދޫ އަދި ތ. ހިރިލަންދޫއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް