ads
ފޮޓޯ: އެލްޖޭ ފޭސްބުކް
އެލްޖޭގެ ހަށިގަނޑަކީ ހަމަ ގޯޑް ގިފްޓެޑް ހަށިގަނޑެއް: އެލްޖޭ
ލިއަމް ޖޯން(އެލްޖޭ) މިފަހުން ޕްރޮގްރާމެއްގައި ބައިވެރިވުމުން އާއްމުންގެ މީހަކުކުރި ސުވާލަކީ އޭނާގެ ފުރިހަމަ ހަށިގަނޑު ހޯދުމަށް ކިތައް އަހަރު ދުވަހުގެ މަސައްކަތެއް ކޮށްފައިވާނެތޯ އެވެ.

އެ ސުވާލަށް ޖަވާބުދެމުން އެލްޖީ ބުނީ، އޭނާގެ ހަށިގަނޑަކީ ކަސްރަތަކުން ހޯދި ހަށިގަނޑެއް ނޫން ކަމަށާއި، އެއީ ނެޗުރަލް ގޯޑް ގިފްޓެއް ކަމަށެވެ. އެލްޖީ ބުނީ އޭނާ ހުރިހާ ބާވަތެއްގެ ކާނާވެސް ކާ ކަމަށެވެ. 

އޭގެ ތެރޭގައި ޕާނީ ޕޫރީއާއި، ރޮށްޓާއި، ރިހަ ވެސް ކަން ކަމަށާއި ނުކައި އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް އޭނާ ބުނެއެވެ. 

"މިއީ ހަމަ ނެޗްރަލް ގޯޑް ގިފްޓެއް. އެލްޖޭ ކަން ހުރިހާ އެއްޗެއް ޕާނީ ޕޫރީއާއި، ރޮށްޓާއި، ރިހަ ވެސް ކަން ނުކައި އެއްވެސް އެއްޗެއް ނޯންނާނެ" އެލްޖޭ ބުނެފައިވެއެވެ.

އެހެންމީހަކުވެސް ވަނީ އެލްޖޭގެ ހަށިގަނޑާއި ބެހޭގޮތުން ސުވާލުކޮށްފައެވެ. އެލްޖޭ ބުނީ ގިނައިން ފެން ބުމަށް ސަމާލުަކަން ދިނުން މުހިންމު ކަމަށެެވެ. 

އެލްޖޭވަނީ ފިޓް ޒޯން 2017ގެ ފިޒީކް ކެޓަގަރީން އެއްވަނަ ހޯދާފައެވެ. އެލްޖޭ އަކީ ބޮޑު ފޭން ބޭސް އެއް އޮންނަ ސެލެބްރިޓީއެކެވެ. ފިޓްނެސްގެ ދާއިރާއިން އެލްޖޭ ފެނުނަމަވެސް މިފަހުން މަޝްހޫރު ލަވަތަކާއި، ފިލުމުތަކުންވެސް ވަނީ ފެނިގެންގޮސްފައެވެ. 

0%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
28%
ވަރަށް ސަލާމް
ކޮމެންޓްސް