ads
ކެޓްރީނާ އާއި ސަލްމާން
ސަލްމާނާއި ކެޓްރީނާ "ޓައިގާ 3" ގެ ޝޫޓިން އަށް ރަޝިޔާ އަށް ފުރައިފި
ބޮލީވުޑުގެ މަޝްހޫރު ތަރިން ކަމުގައިވާ ސަލްމާން ޚާނާއި ކެޓްރީނާ ކައިފް "ޓައިގާ 3" ގެ ޝޫޓިން އަށް ރަޝިޔާ އަށް ފުރައިފިއެވެ.

މި ހިނގާ އޮގަސްޓު މަހުގެ 18 ވަނަ ދުވަހު "ޓައިގާ 3" ގެ ޝޫޓިން ރަޝިޔާ ގައި ފަށަން ހަމަޖެހިފައި ވާއިރު ފިލްމުގެ ޝޫޓިން ރަޝިޔާގެ އިތުރުން، އިތުރު ފަސް ގައުމެއްގައި ކުރިޔައްގެންދަން ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ޝޫޓް ކުރަން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ތުރުކީ އާއި އޮސްޓްރޭލިއާ ވެސް ހިމެނެއެވެ.

މަނީޝް ޝަރުމާ ޑައިރެކްޓުކޮށް ގެނެސްދެ މި ފިލްމްގެ ޝޫޓިން ކޮވިޑް-19 އާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ނުފެށި އޮތުމަށް ފަހު އޮގަސްޓު މަހުގެ 18 ގައި ޝޫޓިން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. 

ސަލްމާނާއި ކެޓްރީނާގެ އިތުރުން ފިލްމުގެ ހުރިހާ ކާސްޓުންނާއި ކުރޫ އިންވެސް މިހާރު ވަނީ ރަޝިއާ އަށް ދަތުރު ފަށާފައެވެ. 

"ޓައިގާ 3"ގައި މިފަހަރު ސަލްމާނާ އެކު ފެނިގެންދާނީ ކެޓްރީނާ ކައިފް އާއި، އިމްރާން ހާޝްމީ އެވެ. އިމްރާން މި ފިލްމުގައި ފެނިގެންދާނީ އިންޓަ-ސާވިސް އިންޓެލިޖެންސް (އައިއެސްއައި) ގެ އޭޖެންޓެއްގެ ރޯލުންކަމަށް ރިޕޯޓުތައް ބުނެއެވެ. 

މީގެ މަހެއް ހާ ދުވަސް ކުރިން ސަލްމާނާއި އިމްރާން ވަނީ ޓްވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮއް "ޓައިގާ 3" ގެ ޝޫޓިން އަށް ވަމުން ދާ ތައްޔާރީތައް ދައްކާލާފައެވެ. އެގޮތުން ފިލްމުގެ ޝޫޓިން އަށް ތައްޔާރުވުުގެ ގޮތުން އިމްރާނުގެ ހަށިގަނޑަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. މީގެ އިތުރުން "ޓައިގާ 3" ވެގެން ދާނީ މި ތިން ތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. 

ހަމަ އެއާއެކު "ޓައިގާ 3" ވެގެންދާނީ އިމްރާން މިފަދަ ރޯލަކުން ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ. ޓައިގާ ސީކުއެންސްގެ މީގެ ކުރިން ނިކުތް 2 ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑުތަރުހީބެއް ލިބިފަވެއެވެ. 

އަންން 2022 ވަނަ އަހަރު މި ފިލްމް ރިލީޒް ކުރެވޭނެކަމަށް ގިނަ ބަޔަކު ލަފާ ކުރާއިރު، ބެލުންތެރިން މިހާރުވެސް ތިބީ މި ފިލްމް ބަލާލަން ކެންމަދުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް