ads
އެލްޖޭ އަދި ވަޖީހް——
އިސްމާއިލް ވަޖީހާއި އެލްޖޭއޭއާއި ވައްތަރޭ ކިޔަނީ ކީއްވެކަން އެލްޖޭ ސާފުކޮށްދީފި
އިސްމާއިލް ވަޖީހަކީ ދިވެހިންގެ ކުރީގެ ފިލުމްތަކުގައި ވަރަށް ކުޅަދާނަ އެކްޓަރެކެވެ. ފިޓްނެސްއަށްވެސް ލޯބިކުރާ ވަޖީހް އާއި ފިޓް ޒޯން 2017ގެ ފިޒީކް ކެޓަގަރީން އެއްވަނަ ހޯދާފައިވާ އަދި މިހާރު މަޝްހޫރު ފިލުމްތަކުންވެސް ފެންނަމުން އަންނަ ލިއަމް ޖޯން (އެލްޖޭ) އާއި ވައްތަރޭ ވަރަށް ގިނަ ބަޔަކު ބުނާ އަޑުއިވެއެވެ.

އެލްޖޭ މިވަނީ އެގޮތަށް އެވާހަކަތައް ދައްކަނީ ކީއްވެކަން ސާފުކޮށްދީފައެވެ. ޓިކްޓޮކްތަރި ޝިފާ އާއިއެކު އެލްޖޭ ބައިވެރިވި ޕްރޮގްރާމެއްގައި ޝިފާ ވަނީ އެލްޖޭއާއި އިސްމާއިލް ވަޖީހްއާއި ވަރަށް ވައްތަރު ކަމަށް ކޮމެންޓް ސެކްޝަނުގައި ވަަރަށް ގިނަ މީހުން ބުނާކަން ފާހަގަކޮށް ދެމީހުންގެ އާއިލީ ގުޅުމެއް އޮންނަނީތޯ ސުވާލުކޮށްފައެވެ. 

އެ ސުވާލަށް ޖަވާބުދެމުން އެލްޖޭ ބުނީ، އިސްމާއިލް ވަޖީހް އާއި ވައްތަރީ އޭނާގެ ތުނބުޅިއާއި، މިހާރު އެލްޖޭ ގެންގުޅޭ ސްޓައިލް ކަމަށެވެ. އިސްމާއިލް ވަޖީހް އަކީ ރާއްޖޭގައި އުފެދުނު ވަރަށް ސްޓައިލިސްޓު ސެލެބްރިޓީއެއް ކަމަށާއި، އޭނާއާއި އެލްޖޭ އަކީ ސްޓައިލިސްޓު ސެލެބްރިޓީން ވީމަ މަޝްހޫރު ވަނީ ކަމަށް އެލްޖޭ ބުނެއެވެ. 

ދެމީހުންނަކީ ވަރަށް ދުވަސްވީ ރަށްޓެހިކަން ފާހަގަކުރަމުން އެލްޖޭ ބުނީ އިސްމާއިލް ވަޖީހް އަކީ އެލްޖޭގެ ވަރަށް ބޮޑު ފޭނެއް ކަމަށް އިސްމާއިލް ވަޖީހް އަމިއްލައަށް ވެސް ބުނާކަމަށް އެލްޖޭ ބުނެއެވެ. 

"17 އިޔާޒް ވިދާނެ ފްރެންޑްކަމަށް. އިސްމާއިލް ވަޖީހް ރާއްޖެ އައިސްފަ ވަރަށް ސަޕްރައިޒް ގޮތަކަށް ދިމާވަނީ. ދެން މަަށަށް އެހާ ސަޕްރައިޒެއް ނޫން. އެއީ މަ އެ ރިސޯޓުގައި ހުއްޓަ އޭނާ އެ ރިސޯޓަށް އާއިރުގައި ދިމާވީ. މި ބުނާހެން ޑާކް ރެއިން އެންޓަޓެންމެންޓުގެ ފިލުމަކުން އެއް ސީންއަކުން ވޯކް ކޮށްލަން ލިބުނީ. ދެން އިސްމާއިލް ހުރީ ވަަރަށް ސަޕްރައިޒްވެފައި، އިސްމާއިލް ބުނާގޮތުން ވަރަށް ބޮޑު ފޭނެއް ދޯ ހަމަ" އެލްޖޭ ބުނެފައިވެއެވެ.

އެލްޖޭ ބުނީ އިސްމާއިލް ވަޖީހް އަކީ ވަރަށް ބޮޑަށް ފިޓްނެސްއަށް ލޯބިކުރާ ވަރަށް ސްޓައިލިޝް ސެލެބްރިޓީއެއް ކަމަށެވެ. އިސްމާއިލް ވަޖީހްގެ ފޮޓޯއާއި، އެލްޖޭގެ ފޮޓޯ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ވަރަށް ގިނައިން އިސްމާއިލް ވަޖީހް ހިއްސާކޮށްފަ ހުންނަ ކަމަށާއި ދެމީހުން ވައްތަރު ވަނީ އެހެންވެ ކަމަށް އެލްޖޭ ބުނެފައިވެއެވެ. 

" އެލްޖޭއާއި އާއިލީ ގުޅުމެއް ނޯންނާނެ. ދެން އިސްމާއިލްވެސް ހުންނާނެ ބައެއް ފަހަރު އެލްޖޭއާއި އިސްމާއިލްގެ ފޮޓޯއެއް ޖައްސާފަ ސޯޝަލް މީޑިއަށް އަޅާފަ. ދެން އެގޮތަށް ހުންނާތީ މީހުން ބުނާނެ އާއްމުކޮށް ދެން އަޑުވެސް ވަރަށް ވައްތަރޭ، ވާހަކަދައްކާ ގޮތްވެސް. ދެން ވަަރަށް އުފާވެ. ދެމީހުންނަކީވެސް ސްޓައިލިޝް ސެލެބްރިޓީ ދޯ" އެލްޖޭ ބުނެފައިވެއެވެ.

އެލްޖޭ ބުނީ އިސްމާއިލް ވަޖީހާއި ވައްތަރޭ ބުނާތީ ވަަރަށް އުފާވާ ކަމަށެވެ. އެލްޖޭ އަކީ ބޮޑު ފޭން ބޭސް އެއް އޮންނަ ސެލެބްރިޓީއެކެވެ. ފިޓްނެސްގެ ދާއިރާއިން އެލްޖޭ ފެނުނުނަމަވެސް މިފަހުން މަޝްހޫރު ލަވަތަކާއި، ފިލުމުތަކުންވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ.  

17%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް