ads
ޒައްރޫކް ގެ ޓީޒާގެ މަންޒަރެއް…
މާހިލް ކިޔައިދެނީ “ޒައްރޫކް”ގެ ވާހަަކަ!
ކަޒްމިކް އިންޓަނޭޝަނަލް އާއި އައި ފިލްމްސް ގުޅިގެން ގެނެސްދޭ އެންތޮލޮޖީ ސީރީޒް “މަޒްލޫމް”ގެ ދެވަނަ ޗެޕްޓަރު “ޒައްރޫކް”ގެ ޓީޒާ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

“ޒައްރޫކް”ގެ ޓީޒާ މިހާރު އައިފިލްމްސް ގެ އިންސްޓަގްރާމް ޕޭޖުން ބަލާލެވޭނެއެވެ.

ޓީޒާ ފެށިގެން އަންނަނީ ލީޑު ރޯލު ކުޅެފައިވާ ނަތާޝާ ޖަލީލް  އޮފް ސްކްރީނުން “ޒައްރޫކް ގެ ވާހަަކަ މަންމަ އަށް ކިޔާދީބަލަ” އޭ ބުނެ ސުވާލު ކުރާ ހިސާބުންނެވެ.  

“ޒައްރޫކް އިންނަނީ މާހިލްގެ އަނގަ އަށް ވުރެއް ބޮޑު އަނގައެއް. މިހާ ހިސާބުން މިހާ ހިސާބަށްދާނެ”  ނަތާގެ ދަރިފުޅު ވަރަށް ތަފްސީލްކޮށް ޒައްރޫކުގެ ވާހަކަ އޭނާގެ މަންމަ އަށް ކިޔައިދެން ފަށައެވެ.  “ޒައްރޫކް” އަށް ބޭނުން ކޮންމެ އެއްޗަކަށް ވެވިދާނެ ކަމަށް މާހިލް ކިޔައިދެމުން ދިޔަ އިރު ނަތާ “ޒައްރޫކް “ ސިފަކުރަމުން ދިޔައީ ހުރިހާ އެއްޗަކަށް ވެވޭ ހިރޯ އެއް ގޮތަށެވެ.

ޝައުގުވެރި އެ މަންޒަރަށްފަހު ކުއްލި އަކަށް ދެން ފެނުނީ މާހިލް އަނގަމަތީ އިނގިލި އަޅައިގެން ހުރެ “އަޑު ގަދަ ނުކުރުމަށާއި ޒައްރޫކް ރުޅި އަންނާނެ” ކަމަށް ބުނެ ކޮންމެވެސް މީހަކަށް އިންޒާރުދޭ މަންޒަރެވެ.

ޔަގީނުންވެސް ބެލުންތެރިން ބޭނުންވާނީ “ޒައްރޫކް” އަކީ ކޮބައިކަން ބަލައިލާށެވެ. ޓީޒާ އިން ދައްކުވައިދޭ މަންޒަރުތަކުން ބިރުވެރި ކަންތައްތަކެއް ވާނެކަމަށް ލަފާ ކުރެވެއެވެ. 

“ސީރީޒް ބަލައިލަން ތައްޔާރުވާށޭ ބުނެވޭނީ، ޔަގީނުން ވެސް ވަރަށް ތަފާތުވާނެ، ސަސްޕެން ހިފާއްޓަން ބޭނުންވާތީ ތަފްސީލް ކިޔައިދެވެން ނެތީ” ޑައިރެކްޓަރު އިއްލެ ބުންޏެވެ.

ސީރީޒުން ނަތާގެ އިތުރުން ދެން ފެންނާނީ އަރަމުން އަންނަ ބަތަލު ޝާރިފް އެވެ. އުމުރުން އެގާރަ އަހަރުގެ މާހިލް އަކީ ފިލްމުގެ ލީޑު އެކްޓަރެކެވެ. އޭނާގެ ހުނަރާއި މެދު އިއްލެ އަންތަރީސް ވެފައި ހުރި އިރު އިއްލެގެ އުންމީދަކީ ބެލުންތެރިންނަށް ވެސް ކުޑަކުޑަ މާހިލްގެ އެކްޓިން ކަމުދިޔުމެވެ.

“ބަވަތި” އާއި “މަޒްލޫމް” ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު ޑައިރެކްޓްކޮށްފައިވާ އެ ސީރީޒް ވެސް ދައްކާނީ ބައިސްކޯފު އިންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް