ads
އަފްގާން ސެންޓްރަލް ބޭންކު
އެމެރިކާއިން އަފްގާން ސެންޓްރަލް ބޭންކުގެ 9.6 ބިލިއަން ޑޮލަރުގެ އެސެޓް ފްރީޒްކޮށްފި
އެމެރިކާއިން އަފްގާން ސެންޓްރަލް ބޭންކުގެ 9.5 ބިލިއަން ޑޮލަރުގެ އެސެޓް ފްރީޒްކޮށްފި އެވެ.

އަންގާރަ ދުވަހު އެމެރިކާއިން ވަނީ ތާލިބާން ސަރުކާރަށް ފައިސާ ހޯދުމުގެ މަގު ބަންދުކުރުމުގެ ގޮތުން އެމެރިކާގެ ބެލުމުގެ ދަށުގައިވާ އަފްގާން ސެންޓްރަލް ބޭންކުގެ 9.5 ބިލިއަން ޑޮލަރުގެ އެސެޓް ފްރީޒްކޮށްފައެވެ. 

އެމެރިކާގެ އޮފިޝަލަކު އަލްޖަޒީރާއަށް ބުނީ އެމެރިކާގައި ހުރި އަފްގާން ސެންޓްރަލް ބޭންކުގެ އަދި އަފްގާން ސަރުކާރުގެ އެއްވެސް މުދަލެއް  ތާލިބާނުންނަށް ލިބުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. 

ތާލިބާން އަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނޭ ޖަމާއަތެކެވެ. 

އަފްގާން ސެންޓްރަލް ބޭންކުގެ އެކްޓިން ހެޑް އަޖްމަލް އަހުމަދީ ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ އޭނާއަށް ޑޮލަރުގެ ޝިޕްމަންޓްތައް ހުއްޓުވާނެކަން އެނގިފައިވަނީ ހުކުރު ދުވަހު ކަމަށެވެ. ތާލިބާންއަށް ފަންޑު ހޯދުމަށް ކުރާ މަސައްކަތައް ހުރަސް އެޅުމުގެ ގޮތުން އެމެރިކާއިން އަފްގާން ރިޒާވް ފްރީޒްކޮށްފައިވާއިރު ނިއުޔޯކް ފެޑަރަލް ރިޒާވްއާއި އެމެރިކާގެ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުގައި އަފްފާން ސެންޓްރަލް ބޭންކުގެ 9.5 ބިލައަން ޑޮލަރު އެބަހުއްޓެވެ. 

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވުމުން ތާލިބާނުންނަށް އެމެރިކާގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް މުއައްސަސާއަކުން ފައިސާއެއް ނުނެގޭނެއެވެ. އަފްގާން ސެންޓްރަލް ބޭންކުގެ އެސެޓުގެ ބޮޑުބައެއް ހުރީ އަފްގާނިސްތާންގައި ނޫންކަމަށް ކަން އިނގޭ ބައެއް މީހުން އަލްޖަޒީރާއަށް ކިޔާދީފައިވެއެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް