ފަތުރުވެރިންތަކެއް ސްނޮކްލިން ކުރަނީ- ފޮޓޯ: ވިޒިޓް މޯލްޑިވްސް
މިއަހަރު މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 700،000 އަށް
Share
މިއަހަރު މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 700،000 އަށް އަރައިފި އެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ވިހި ވަނަ ދުވަހާއި ހަމައަށް 705،024 ފަތުރުވެރިއެއް ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު މި އަހަރު ޖުލައި މަހު 101،818 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއަހަރު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރީ މާޗު މަހު އެވެ. މާޗު މަހު އެކަނިވެސް ރާއްޖެއަށް 109،585 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

2021 ވަނަ އަހަރު ކޮންމެ މަހަކު ރާއްޖެއަށް ފަތުރުވެރިން އައި އަދަދު:

ޖެނުއަރީ - 92،103

ފެބްރުއަރީ - 96،882

މާޗު - 109،585

އެޕްރިލް - 91،200

މޭ - 64،613

ޖޫން - 56،166

ޖުލައި - 101،818

އޮގަސްޓް (1 އިން 20) - 92،657

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 81.2 އިންސައްތަ އިތުރުވެފަ އެވެ. އެވެރޭޖްކޮށް ދުވާލެއްގެ މައްޗަށް 3,052 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު އާންމު ގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި ނުވަ ދުވަހެއްގެ މުއްދަތަކަށް މަޑު ކޮށްފައިވެއެވެ.  

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިން ކަމަށް ވާއިރު ޖުމްލަ ރާއްޖެ އައި ފަތުރުވެރިންގެ 22 އިންސައްތަ މީހުންނަކީ ރަޝިޔާއިން އައި މީހުންނެވެ. އަދި 18.9 އިންސައްތަ ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ އިންޑިއާއިންނެވެ. 

މިމަހު މިހާތަނަށް 92،657 ފަތުރުވެރުން ޒިޔާރަތް މިމަހު ރާއްޖެއަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ބެލެވެއެވެ. 

ރާއްޖެ އަދި ދުނިޔޭގެ ކޮވިޑްގެ ހާލަތު މިވަގުތު ކޮންޓްރޯލް ކުރެވިފައި އޮތުމުގެ ސަބަބުން ރަށްތަކުގައި ހުންނަ ގެސްޓުހައުސްތަކަށް ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަމުންދެއެވެ. 

މިވަގުތު ރާއްޖޭގެ 20 އަތޮޅެއްގެ 72 ރަށެއްގައި 716 ގެސްޓު ހައުސް ހުންނައިރު އޮގަސްޓް މަހު އެތަނުން އޮޕަރޭޓް ކުރީ 505 ގެސްޓުހައުސްއެކެވެ. އެ ގެސްޓުހައުސްތަކުގެ ބެޑް ކެޕޭސިޓީއަކީ 8،960 އެވެ. ގެސްޓުހަައުސްތަކުގެ އެނދުތައް ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ 18 އިންސައްތަ ހިއްސާ ކުރެއެވެ. 

އެގޮތުން މުޅި ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 50،070 އެނދު ހުރެއެވެ. އެތަނުން 74 އިންސައްތަ ހިއްސާ ކުރަނީ ރިސޯޓްތަކެވެ. ރާއްޖޭގެ 163 ރިސޯޓެއްގައި 38،554 އެނދު ހުރެއެވެ. ނަމަވެސް ރިސޯޓްތަކުގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ އަކީ 36،932 އެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރަނީ 10 ހޮޓަލަކާއި 142 ސަފާރީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް