ads
އަންހެން ޓީމުގެ މެޗެއްގެ ތެރެއިން
އަންހެން ޓީމު ޔޫއޭއީއަށް
އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ޤައުމީ އަންހެން ފުޓްބޯޅަ ޓީމު އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ޔޫއޭއީއަށް ފުރައިފިއެވެ. ޓީމު ޔޫއޭއީއަށް ފުރީ ހުކުރު ދުވަހުއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ، ޔޫއޭއީގެ އަންހެން ގައުމީ ޓީމާ އެކު ދިވެހި އަންހެން ޓީމުން އެކުވެރިކަމުގެ ދެ މެޗު ކުޅޭނެ ކަމަށެވެ. 

އަންނަ އަހަރު އަވައްޓެރި އިންޑިޔާގައި ބާއްވާ އަންހެނުންގެ އޭޝިއަން ކަޕުގައި ރާއްޖެ ލައްވާލާފައިވަނީ ގްރޫޕު ބީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ވިއެޓްނާމް، ތަޖަކިސްތާނު އަދި އަފްޣާނިސްތާނެވެ. މީގެ ތެރެއިން އަފްޣާނިސްތާނާ ދެކޮޅަށް ކުޅެ ރާއްޖެވަނީ ކުރިން މޮޅުވެފައެވެ. ކޮލިފައިންގެ މެޗުތައް ކުޅުމަށް އޭއެފްސީން ކަނޑައަޅާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުއެވެ. ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތައް އޮންނާނީ ތަޖަކިސްތާނުގައެވެ. 

ރާއްޖެ ހިމެނޭ ގްރޫޕުގައި އަފްޣާނިސްތާނު ހިމެނުނު ނަމަވެސް އަފްޣާނިސްތާނުގެ ދާޚިލީ ކަންކަން މިހާރު ހުރި ގޮތުން، ސެޕްޓެމްބަރު މަހު ކޮލިފައިން މެޗުތަކުގައި އަފްޣާނިސްތާނު ބައިވެރިވާނެ ކަމާ މެދުވަނީ ސުވާލު އުފެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް