ads
ސާރާ ޝުރައިހް މުހައްމަދު--
ގޮތް ނޭނގޭ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ ތުއްތު ސާރާއަށް އެހީވެދެއްވާ!
ޒުވާން ދެމަފިރިން ކަމަށްވާ ޝުރައިހް މުހައްމަދާއި ރިޝްމާ އަބްދުﷲ މިދިޔަ އަހަރުގެ ފަހުކޮޅާއި ކުރިމަތިލީ ނުހަނު އުފާވެރިކަމާއި އެކުގަ އެވެ. ސާރާ ދުނިޔެއަށް އުފަންވުމާއެކު އެމީހުން ތިބީ އެ ތުއްތު ދަރިފުޅާއެކު އުފާވެރި ދުވަސްތައް ވޭތުކުރުމަށް ތައްޔާރަށެވެ. އެކަމަކު އާ އަހަރު ފެށިގެން ދެވަނައަށް ވީ ދުވަހު އެމީހުންނަށް ކުރިމަތިލާން ޖެހުނީ ފުން ހިތާމައާ އެވެ.
ޒުވާން ދެމަފިރިން ކަމަށްވާ ޝުރައިހް މުހައްމަދާއި ރިޝްމާ އަބްދުﷲ މިދިޔަ އަހަރުގެ ފަހުކޮޅާއި ކުރިމަތިލީ ނުހަނު އުފާވެރިކަމާއި އެކުގަ އެވެ. ސާރާ ދުނިޔެއަށް އުފަންވުމާއެކު އެމީހުން ތިބީ އެ ތުއްތު ދަރިފުޅާއެކު އުފާވެރި ދުވަސްތައް ވޭތުކުރުމަށް ތައްޔާރަށެވެ. އެކަމަކު އާ އަހަރު ފެށިގެން ދެވަނައަށް ވީ ދުވަހު އެމީހުންނަށް ކުރިމަތިލާން ޖެހުނީ ފުން ހިތާމައާ އެވެ.

ސާރާއަށް ސިއްހީ ބޮޑު މައްސަލައެއް ދިމާވީ ކުއްލިއަކަށެވެ. އެންމެ އެއް މަހުގެ އެ ތުއްތު ކުއްޖާގެ ފައިގެ ބާރު ދަށްވެ، ވައަތު ފައިގެ ހަރަކާތްތައް އެއްކޮށް ހުއްޓުނީ އެވެ. ކަންބޮޑުވެފައި ތިބި ޝުރައިހް އަދި ރިޝްމާ ދަރިފުޅު ގެންދިޔައީ އޭޑީކޭ އަށެވެ.

"ދަރިފުޅަށް މިހާރު ދަނީ އޭޑީކޭ އެންއައިސީޔޫގައި ފަރުވާދެމުން. މިހާތަނަށް ހެދުނު ލޭގެ ޓެސްޓުތަކާއި ސީޓީ އަދި އެމްއާރްއައި އިން ވެސް ވަނީ ސީދާ ބަލި ޑޮކްޓަރުންނަށް ދެނެނުގަނެވިފައި،" ސީއެންއެމްއަށް މައުލޫމާތު ދެމުން ޝުރައިހް ކިޔައިދިނެވެ.


-- އޭޑީކޭގައި ސާރާ ބެއްލެވި ޑޮކްޓަރު ދެއްވި ލިޔުން

އެއާއެކު ޑޮކްޓަރުން ލަފާދީފައި ވަނީ ވީ އެންމެ އަވަހަށް ސާރާ ރާއްޖެއިން ބޭރަށް ގެންގޮސް، ފަރުވާ ދިނުމަށެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އެހާ ތުއްތު ކުއްޖެއްގެ އެފަދަ ބޮޑެތި ޓެސްޓުތައް ރާއްޖޭގައި ހެދޭކަށް ނެތެވެ. އަދި ސާރާ ދައްކަން ޖެހޭ ފަދަ ކުޑަކުދިންގެ ނާރުގެ ހާއްސަ ޑޮކްޓަރެއް ވެސް ރާއްޖެއަކު ނެތެވެ.

ސާރާއަށް ރާއްޖޭގައި ފަރުވާ ކުރެވެން ނެތުމުން، ބޭސްފަރުވާގެ ހަރަދުތައް އާސަންދައިން މިހާރު ވަނީ ހަމަޖެހިފަ އެވެ. އެކަމަކު ބޭސް ފަރުވާގެ އިތުރުން، ރާއްޖެއިން ބޭރުގައި މަދުވެގެން ދެ މަސް ދުވަހުގެ ފިޒިއޮތެރަޕީ ވެސް ސާރާއަށް ދޭން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ އަންގާފަ އެވެ.


-- އާސަންދަ ހަމަޖެއްސުމަށް ތައްޔާރު ކުރި ފޯމު

"މިހާ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ހުރެގެން ދަރިފުޅަށް މި ފަރުވާ ދޭން ޖެހޭތީ ބޮޑު ހަރަދެއް އަޅުގަނޑުމެންގެ އަތުން ވެސް މި ވަނީ ކުރަން ޖެހިފައި. މި ކަމަކީ މިހާ ތުއްތު ކުދިންނަށް ޖެހުން ނާދިރު ކަމެއް ކަމަށް ވެފައި، ފަރުވާ އަވަސް ކުރުމަށްޓަކައި ޑޮކްޓަރު ލަފާދެއްވަނީ ވީ އެންމެ އަވަހަށް ރާއްޖެއިން ބޭރަށް ފުރުމަށް. ކުއްލިއަކަށް މިފަދަ ބޮޑު ކަމެއް ދިމާވެ މިކޮޅުގެ ފަރުވާއަށް ވެސް ބޮޑި ހަރަދެއް އަޅުގަނޑުމެންގެ އަތުން ދާތީ، އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއަށް މިވަނީ ތިޔަ އެންމެ ބޭފުޅުންގެ ދީލަތި އެހީއަށް ބޭނުން ޖެހިފައި،" ޝުރައިހް ބުންޏެވެ.

އޭގެ އިތުރުން ޝުރައިހް ބުނީ މާލީ އެހީ ވެދެވެން ނެތް ބޭފުޅުންގެ ފަރާތުން ސާރާއަށް ކޮށްދެއްވާ ހެޔޮ ދުއާއަކީ ވެސް އޭނާއަށާއި އާއިލާއަށް ލިބޭނެ ވަރަށް ބޮޑު އެހީއަކަށް ވެގެން ދާނެ ކަމަށެވެ.

"ދަރިފުޅަށްޓަކައި ކޮށްދެއްވާ ކޮންމެ ހެޔޮ ދުއާ އަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އެހީއެއް،" ޝުރައިހް ބުންޏެވެ.

އެކައުންޓް ނަންބަރު: 7730000018394
އެކައުންޓު ނަން: ޝުރައިހް މުހައްމަދު (9699276)

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް