ads
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ--ފޮޓޯ:ހުރިހާ
ރައީސް ޔާމީން މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ އިތުރު އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ ޝަރީއަތް މާދަމާއަށް ތާވަލް ކޮށްފައި ވަނީ ހެނދުނު 9:00 އަށެވެ. 

އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ރައީސް ޔާމީންގެ ވަކީލުންގެ ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުން ހުށަހެޅުންތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. މިކަމަށް ފުރުސަތު ދެއްވުމުގެ ގޮތުން ގާޒީ ވަނީ ދެފަރާތަށް ވެސް 10 ދުވަހު މުއްދަތެއް ދެއްވާފައެވެ. 

އެ ދުވަހުގެ އަޑު އެހުމުގައި ދައުލަތުން 86 ހެއްކެއް ހާމަ ކުރިއެވެ. އަދި ދައުލަތުން ބުނެފައިވަނީ ދެ ދައުވާއަށް ވެސް ހުށަހަޅާފައިވަނީ އެއް ހެކިތަކެއް ކަމަށެވެ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް  އިތުރުން ދައުލަތުގެ ޝަފަވީ ހެކިންގެ ތެރޭގައި ދެން ހިމެނެނީ ތަހުގީގުގައި ބައިވެރިވި ބައެއް ފުލުހުންގެ އިތުރުން ލ. ދަނބިދޫ އަފްޒާ އަހުމަދު އާމިރު، މއ. ސާނީވިލާ މުހައްމަދު ޝިފާއު، ރ. އިނގުރައިދޫ ބުލްބުލާގޭ މުހައްމަދު ހުސެއިންފުޅު، ހ. ވެހެލި އަހުމަދު ޝާއިގު، މއ. ޕޮމްޕިއާ އަހުމަދު ރަޝީދު، ހ. ލެވެންލީ އަހުމަދު ޝާކިރު އެވެ. މި މައްސަލައާ ގުޅޭ ކިތާބީ ހެކީގެ ގޮތުގައި އެމްއެމްޕީއާރްސީއާއެކު ބަދަލު ކުރި ސިޓީތަކަކާއި ޓްރާންސެކްޝަންތަކާ ގުޅޭ ގިނަ އަދަދެއްގެ ލިޔުންތައް ދައުލަތުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. 

ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް ވަނީ ޝަފައީ ހެކިންނާއި ކިތާބީ ހެކިން ހުށަހަޅާފަ އެވެ. އެގޮތުން ޖުމްލަ 30 ހެއްކެއް ހުށަހެޅުއްވި އެވެ. ޝަފައީ ހެކިންގެ ގޮތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި އަހުމަދު ކްރިކް ރިޒާ ހިމެނެ އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލައެއްގައި ފަސް އަހަރުގެ ހުކުމެއް މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ ތަންފީޒުކުރައްވަމުންނެެވެ. 

ކޯޓުގައި މިހާރު ހިނގަމުންދަނީ ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކައިގެން ލިބުނު 1.1 މިލިއަން ޑޮލަރު، އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލާގައި ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ތުހުމަތުގެ މައްސަލައެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް