ads
ލަތީފު މިހާރު މަސައްކަތް ކުރައްވަނީ ވެސްޓަން އޮސްޓްރޭލިއާގެ ފުލުހުންގެ ތެރޭގައި--
މައްސަލަތައްް ހައްލުކުރާނެ ތަޖުރިބާ ހުރި މީހުން ފުލުހުންގެ ތެރޭގައި ނެތް: ލަތީފު
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޓެރަރިޒަމާއި އެކްސްޓްރީމިޒަމް މައްސަލަތައް ހައްލުކުރެވޭވަރުގެ ތަޖުރިބާ ހުރި މީހުން ފުލުހުންގެ ތެރޭގައި މިހާރު ނެތްކަމަށް ވެސްޓަން އޮސްޓްރޭލިއާގެ ސްޓްރެޓެޖިކް އެޑްވައިޒަރު އަދި ކުރީގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އިބްރާހީމް ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުލުހުންގެ ހިދުމަތް ޒަމާނީކޮށް ތަރައްގީ ކުރުމުގެ މަސައްކަތުގައި ވެސް ވަރަށް ބޮޑު ދައުރެއް އަދާ ކުރެއްވި ލަތީފު ރޭ ވިދާޅުވީ ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ޓެރަރިޒަމް ގެ އަމަލަކީ ނޮވެމްބަރު 3، 1988 ގައި ހިންގި އުދުވާނީ ހަމަލާކަމަށެވެ. 

" އެ ހަމަލާއަށް ފަހު ސަރުކާރުން އެފަދަ ކަންކަމާ ދެކޮޅަށް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވޭ. އެގޮތުން ސިފައިންގެތެރެއިން ގިނަ ބަޔަކު މިފަދަކަންކަމާ ދެކޮޅަށް ހަރަކާތްތެރިވުމަށް، އެކި ގައުމުތަކަށް ފޮނުވައިގެން ތަމްރީން ކުރެވުނު،" ކްލަބް ހައުސްގައި ގައުމީ ސަލާމަތާއި، ދާހިލީ ސިޔާސަތާ ބެހޭ ގޮތުން ރޭ ކުރިއަށްގެންދިޔަ ފޯރަމްގައި ވާހަކަ ދައްކަވަމުން ލެފްޓިނެންޓް ކާނަލް ރިޓަޔާޑް ލަތީފު ވިދާޅުވި އެވެ.  

ލަތީފު ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހާދިސާއާ ގުޅިގެން އެ ފަދަ ކަންކަމާ ދެކޮޅަށް ހަރަކާތްތެރިކުރުވުމަށް ތަމްރީނު ކުރި މީހުން ވެސް ސިޔާސީ ކަންކަމާ ގުޅިގެން އެފަދަ ފަރާތްތައް ވަނީ އެކަހެރިކޮށްފައި ކަމަށާއި ނުވަތަ އެކަހެރިވާން ޖެހިފައިކަމަށެވެ. 

"މިހެންވުމުގެ ސަބަބުން މިހާރު މިދިމާވެގެން އުޅޭ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު ހުސްކަމެއް ކުރިމަތިވެގެން އައިސްފައި މިވަނީ. އަނެއްކާ ފުލުހުންގެ އިދާރާ ތަކަކީ ވަރަށް ބޮޑަށް ތަޖްރިބާ ހުރި މީހުން ބޭނުންވާ ތަންތަން. ދިވެހި ފުލުހުންގެ ތެރޭގައިވެސް އެފަދަ ފަރާތްތައް ނެތުމުގެ ސަބަބުން ލީޑަޝިޕްގައިވެސް، އަދި އެހެނިހެން ގޮތްގޮތުންވެސް ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި،" ޑެޕިއުޓީ ކޮމިޝަނަރުކަން ކުރައްވާފައިވާ ލަތީފު ވިދާޅުވި އެވެ.

ލަތީފް އިތުރަށް ވިދާޅުވީ ފަހަރެއްގައިވެސް މިހާރު ތިއްބެވި ބޭފުޅުންގެ ގާބިލްކަން ނެތްކަމަށް ވިދާޅުވަނީ ނޫންކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ އިދާރާ އަކީ ތަޖްރިބާ ހުރިމީހުން ބޭނުންވާ އިދާރާ އެއްކަމަށެވެ. 

ރޭ ކްލަބްހައުސްގައި ކުރިއަށްގެންދިޔަ ފޯރަމްގައި ވާހަކަދެކެވުނީ ގައުމީ ސަލާމަތާއި، ދާހިލީ ސިޔާސަތާ ބެހޭ ގޮތުންނެވެ. މިފޯރަމްގައި ކުރީގެ ބަންޑާރަނައިބް އާޒިމާ ޝުކޫރާއި، ދިފާއީ ބާރުގައި އެންމެ އިސްކޮށް މަސައްކަތް ކުރެވި ބައެއްބޭފުޅުން ވާހަކަ ދައްކަވާފައިވެއެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް