ads
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން___
އިސްލާމްދީނާއި ދެކޮޅު ފިކުރުތަކާއި އަމަލުތައް ހުއްޓުވުމަށް މަޝްވަރާކޮށްފި
އިސްލާމްދީނުގެ ނަމުގައި ހިންގާ އިސްލާމްދީނާއި ދެކޮޅު ފިކުރުތަކާއި އަމަލުތައް ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި އެބައްދަލުވުމުގައި އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތަކާއި، އިސްލާމީ އަދި އަހްލާގީ މިންގަޑުން ބޭރު އަމަލުތަކުގެ އިތުރުން އިސްލާމީ ޝަރީއަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމައުގައި އާއްމުވަމުންދާތީ، އެކަމާއި ގުޅޭ މަޝްވަރާތައް ކޮށްފައިވެއެވެ. އަދި އެފަދަ ކަންކަން ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

އެގޮތުން ގާނޫނީ ބާރު ލިބިގެން އެ މައްސަލަތައް ހައްލު ކުރުމަށާއި، ބައްދަލުވުމުގައި ބައިވެރިވި ކަމާގުޅޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް