ads
ޝްރޭޔާ ސިއްދީ--
ފެންބޮޑުވެ، ހާލުގައި ޖެހުނު މީހުންނަށް 11 އަހަރުގެ ކުއްޖަކު މާލީ އެހީ ދީފި
ބިހާރުގެ ސިޓީއެއް ކަމަށްވާ ޕަޓްނާ އަށް ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ގިނަ އަދަދެއްގެ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.
ބިހާރުގެ ސިޓީއެއް ކަމަށްވާ ޕަޓްނާ އަށް ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ގިނަ އަދަދެއްގެ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

ޕަޓްނާ އަށް މިހާރު ހުއްޓުމެއް ނެތި ވާރޭ ވެހެމުން ދާތާ ހަތަރު ދުވަސްވެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

ވާރޭ ވެހުމުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައި ވާއިރު އެންމެ 11 އަހަރުގެ ޝްރޭޔާ ސިއްދީ މިވަނީ އެމީހުންނަށް އެހީތެރިވުމަށް އޭނާގެ ޕިގީ ބޭންކުގައި ހުރި ހުރިހާ ފައިސާއެއް ދީފައެވެ.

އެގޮތުން އޭނާ ވަނީ 11000 އިންޑިއަން ރުޕީސް ދީފައެވެ.

ބިހާރުގެ ސަމަސްޓިޕުރް އަށް އުފަން ޝްރޭޔާ ދިން ފައިސާ އަކީ ވަރަށް ކުރީއްސުރެ އޭނާ ޕިގީ ބޭންކުގައި ރައްކާ ކުރަމުންދިޔަ ފައިސާ އެވެ.

އޭނާ ވަނީ އެ ސްޓޭޓްގެ ޕާލިމެންޓް މެމްބަރު ޕައްޕޫ ޔާދަވް އަށް އެ ފައިސާ ދިނުމަށްފަހު ހާލުގައި ޖެހުނު މީހުންނަށް ބެހުމަށް އެދިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް