ads
ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންތަކެއް ފޮޓޯ:-- ޕީއެސްއެމް
ސިޔާސީ މަގްސަދެއްގައި މުވައްޒަފަކު ވަނިކުރަން، ފަތުރަނީ ދޮގު ހަބަރު: ފެނަކަ
ސިޔާސީ މަގްސަދެއް ހާސިލުކުރުމުގެ ބޭނުގައި އެއްވެސް މުވައްޒަފެއް ވަކިކޮށްފައިނުވާ ކަމަށާއި މިހާރު ފެތުރެމުންދާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކް ކޯޕަރޭޝަނުން ބުނީ ސިޔާސީ އެއްވެސް މަގްސަދެއް ހާސިލު ކުރުމަށް އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. 

އިދިކޮޅު މަޖިލިސް މެބްމްބަރަކާއި ބައްދަލުކޮށް އެކުގައި ފޮޓޯ ނެގި މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފި ކަމަށް ބުނެ ފަތުރަމުންދާ ހަބަރާއި ގުޅިގެން ފެނަކައިން ބުނީ އެކުންފުނީގެ މަޝްރޫއެއްގައި 3 މަސް ދުވަހުގެ ވަގުތީ މަގާމެއްގައި ތިބި 4 މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށެވެ. 

ފެނަކައިން ބުނީ މި 4 މުވައްޒިފުން ވަކިކުރަން ނިންމީ މަސައްކަތުގެ އަހުލާގާއި ކުރަން ހަވާލުކުރާ މަސައްކަތަަށް ގާބިލު މުވައްޒަފުން ނޫން ކަމަށް ކުންފުންޏަށް ފެންނަތީ ކަމަށެވެ. 

ފެނަކަ ކޯޕަރޭޝަނުން ވަނީ ހަގީގަތް އޮޅުވާލުމަށް ބައެއް މީޑިއާތަކުން ދޮގު ހަބަރު ފަތުރަމުންދާކަން ފާހަނގަކޮށް އެކަމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް