ޖުމހޫރީ ޕާޓީގެ އިސްތަރުޖަމާނު އަލީ ސޯލިހު ސީއެންއެމް އަށް ވިދާޅުވީ މިއުފެދުނު ދިހަ ކޮމިޓީއަކީ ތަފާތު މުހިއްމު ދާއިރާތަކަކަށް އަމަޒު ކޮށްގެން ޕާޓީގެ ހަރަކާތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް އުފެދުނު ކޮމިޓީ ތަކެއް ކަމަށެވެ. އެގޮތުން ރާއްޖޭ ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒު ކުރެވިގެން އުފެދޭ ކޮމިޓީއާއި، ޓެކްނޮލޮޖީއަށް ހާއްސަ ކޮމިޓީ ފަދަ ކޮމިޓީތައް ހިމެނޭ ކަމަށެވެ.
ރޭ އޮތް ޖުމުހޫރީ ޕާޓީގެ 143 ވަނަ ކައުންސިލް ބައްދަލުވުމުގައި އެޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް މިވަގުތު އަލަށް އުފެއްދުމަށް ފެންނަ 10 ކޮމެޓީއެއް ވަނީ ހުށަހަޅާ އަދި ކައުންސިލުން އެކަމަށް ރުހުންދީފައެވެ.
ފާހަގަ ކޮށްލެވުން މުހިއްމު ކަމެއްގެ ގޮތުގައި ޕާޓީގެ ސުލޫކީ ކޮމެޓީ އާއި އިސްތިއުނާފް ކޮމެޓީން ހުސެވެފައިވާ މަގާމުތަކަށް ކުރިމަތި ލާފައިވާ ފަރާތަކުގެ އިންތިހާބް ވަނީ ބާއްވާފައެވެ. އެހެންކަމުން މި ދެކޮމެޓީގެ މަސައްކަތް މިހާރު ވަނީފެށިފައެވެ. އަދި ކައުންސިލްގެ 15 މެމްބަރުންތެރެއިން ހުސްވެފަވާ 2 މެންބަރެއްގެ މަގާމް ހޮވުމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަން ވެސް ވަނީ ނިންމާފައެވެ. ރިޔާސަތުން ވަނީ ޕާޓީ ހަރަކާތަށް އިތުރުކުރުމަށް އަތޮޅުގެ ރަށްތަކަށް ދަތުރުފަށަން ވެސް ނިންމާފައެވެ. މި ދަތުރުތަށް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އެޕާޓީން ބުނެއެވެ.
ރޭ އޮތް ޖުމުހޫރީ ޕާޓީގެ 143 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން، ޑެޕީއުޓީ ލީޑަރު އަމީން އިބްރާހިމް އާއި އެކު 29 ކައުންސިލް މެމްބަރުން ބައިވެރި ވެވަޑައިގެންނެވިއެވެ.