ads
މާފަންނު ސަހަރާގައި ފުލުހުން ހަރަކާތްތެރިވަނީ--
ރިޕޯޓުކުރީ ކުއްޖަކު މަރާލާފައި އޮތް ކަމަށް، ގޮސް ބެލިއިރު އޮތީ ބުޅަލެއް!
ކުޑަ ކުއްޖަކު މާފަންނު ސަހަރާއަށް އެއްލާލާފައިވާ ކަމުގެ މައުލޫމާތު ލިބިގެން ގޮސް ބެލިއިރު އޮތީ މަރުވެފައި އޮތް ބުޅަލެއް ކަމަށް ފުލުހުން ބުނެފިއެވެ.
ކުޑަ ކުއްޖަކު މާފަންނު ސަހަރާއަށް އެއްލާލާފައިވާ ކަމުގެ މައުލޫމާތު ލިބިގެން ގޮސް ބެލިއިރު އޮތީ މަރުވެފައި އޮތް ބުޅަލެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބަޔަކު ވަނީ މާފަންނު ސަހަރާގައި ކުޑަ ކުއްޖަކު އެއްލާލާފައި އޮތް ކަމަށް ބެލެވި އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު އެކަމާ ގުޅިގެން ސީއެންއެމްއަށް ވިދާޅުވީ އެކަން ރިޕޯޓުކުރުމުން ފުލުހުން ގޮސް ބެލިއިރު ބާލިސް އުރައެއްގެ ތެރޭގައި އޮތީ މަރުވެފައި އޮތް ބުޅަލެއް ކަމަށެވެ.

އެއީ ބަޔަކު މަރާލުމަށް ފަހު ބާލިސް އުރައަކަށްލާ އެއްލާލާފައިވާ ބުޅަލެއްކަން ނުވަތަ ނޫންކަން ނޭނގޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މިފަހަކަށް އައިސް ބުޅަލަށް އަނިޔާކޮށް އެތަކެތި މަރާލާ މައްސަލަތައް މިވަނީ އިތުރުވެފައެވެ. އެގޮތުން އަނިޔާކޮށް މަރާލާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ވެސް ސޯޝަލް މީޑިއާއަށް ބައެއް މީހުން ހިއްސާކޮށްފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް