ads
އޮފިސަރު ސަލްމާން ހުއްޓުވަނީ
ސަލްމާން ހުއްޓުވި އޮފިސަރަށް އިނާމެއް
ޓައިގާ 3 ގެ ޝޫޓިންއަށް ސަލްމާން ރަޝިޔާއަށް ފުރި ދުވަހު އެއާޕޯޓުން ސަލްމާން ހުއްޓުވި ސީއައިއެސްއެފް އޮފިސަރަށް ފިޔަވަޅު އެޅިކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

ސަލްމާން އާ ކެޓްރީނާ ދެ މީހުން ދިޔަ ހަފްތާގައި ރަޝިޔާ ދާން އެއާޕޯޓަށް ވަން ވަގުތު ސަލްމާން ހުއްޓުވި ސީއައިއެސްއެފްގެ އޮފިސަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެއީ އެހާ މަޝްހޫރު މީހުން އާންމުކޮށް އެެއާޕޯޓްގައި މަޑުކުރުއްވައި ނޫޅޭތީ އެވެ.

އަޑުތައް ފެތުރުނީ ސަލްމާން ހުއްޓުވިކަމާ ގުޅޭ ގޮތުން އޮފިސަރު މީޑިއާތަކަށް މައުލޫމާތުދީފައިވާތީ އޮފިސަރާ މެދު ފިޔަވަަޅު އަޅާފައިވާ ކަމަށެެވެ. 

 ސަލްމާން ހުއްޓުވުމާ ގުޅިގެން އޮފިސަރާ މެދު ފިޔަވަޅު އަޅައިފައިވާކަމަށް ދެކެވޭ ވާހަކަަތައް ސީއައިއެސްއެފްއިން ވަނީ ދޮގުކޮށްފަ އެވެ.

ސީއައިއެސްއެފް އިން ބުނީ އޮފިސަރު ޑިއުޓީގައި ޕްރޮފެޝަނަލްކޮށް އަމަލުކޮށްފައިވާތީ ތައުރީފްކޮށް އިނާމުދީފައިވާ ކަމަށެވެ. 

މިވަގުތު ސަލްމާން އާ ކެޓްރީނާ ގެންދަނީ ރަޝިޔާގައި ޓައިގާ 3 ގެ ޝޫޓިން ކުރިއަށް ގެންދަމުންނެވެ. 

ދާދި ފަހުން މިފިލްމުގައި ސަލްމާން ފެންނާނެ ގޮތް ވަނީ ލީކްވެފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް