ads
ކާނިވާ ސަރަހައްދުގައި ގާ އަތުރަނީ ފޮޓޯ:---
ކާނިވާ ސަރަހައްދުގައި ގާ އަތުރަން ފަށައިފ
އަލިމަސް ކާނިވާ ސަރަހައްދުގައި ގާ އެތުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި މާލެ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގާ އެތުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި ވަރަށް އަވަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ކާނިވާ ސަރަހައްދަކީ ވަރަށް ގިނަ ކެފޭ އަދި ރެސްޓޯރެންޓު ހުންނަ ސަރަހައްދެއް ކަމުން އެ ސަރަހައްދަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ވަދެނިކު އުޅޭ ސަރަހައްދެކެވެ. 

ކާނިވާ ސަރަހައްދު ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމުގެ ސަބަބުން އެތަން އަޑިގުޑަންކޮށް އޮތުމުން ގިނަ ބަޔަކަށް އެ ސަރަހައްދު ބޭނުން ކުރުމުގައި އުނދުގުލާއި ކުރިމަތިލާން ޖެހެއެވެ. އަދި ހާއްސަކޮށް ވިއްސާރަ މޫސުމުގައި އެ ސަރަހައްދުގައި ފެންގަނޑު ހެދި އެ ސަރަހައްދަށް ވަދެނިކުތުމަށް ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް