ads
މިނިސްޓަރު އިމްރާން---
ނޭކުރެންދޫ ޖަލާ ގުޅޭގޮތުން މިނިސްޓަރު އިމްރާންއާ ސުވާލުކުރަނީ
ހދ. ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ޖަލާ ބެހޭ މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރުމަށް އެދި މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ނޭކުރަންދޫ ޖަލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށް މީގެ ކުރިން މަޖިލީހުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވެފައިވެއެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މަސައްކަތް ހުއްޓިފައި ވީނަމަވެސް ބަޖެޓް ތަންދިން މިންވަރަކުން މަސައްކަތް މިއަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދާނެކަމަށެވެ.

މެންބަރު ރާއީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ޖަލަށް އިންތިޒާރުކުރަމުން އަންނަތާ 13 ވަރަކަށް އަހަރުވެފައިވާ ކަމަށެވެ. 

ރާއީ ވަނީ 2019 ވަނަ އަހަރުން ފެށިގެން ސަރުކާރުން ހދ. ނޭކުރެންދޫގައި އަޅަން ނިންމާފައިވާ ކަރެކްޝަނަލް ސެންޓަރު އެޅުމަށް ކުރެވިފައި ހުރި މަސައްކަތަކީ ކޮބައިތޯ މިނިސްޓަރު އިމްރާންގެ އަރިހުން ސާފުކުރުމަށް މަޖިލީހަށް ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސް ހުށަހަޅާފައެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓުން އެކަމަށް ކުރަން ނިންމާފައިވާ ހަރަދުގެ ތަފްސީލާއި މިހާތަނަށް ކޮށްފައިވާ ހަރަދުގެ ތަފްސީލުވެސް ހޯދުމަށް ވަނީ އެދިފައެވެ.

ނޭކުރަންދޫ ޖަލު އަޅަން ސަރުކާރުގެ ޕްލޭންތަކުގައި ގެންގުޅޭތާ 15 ވަރަަކަށް އަހަރުވެފައި ވެއެވެ. ނޭކުރެންދޫގައި ޖަލު އަޅަން މިއަހަރުގެ ބަޖެޓުގައި ވެސް މިންވަރެއް ހިމަނާފައި ވެއެވެ. އަދި ޖަލުގެ މަސައްކަތް ފަށަން އީއައިއޭ ހަދަން މިދިޔަ އަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރަން ވެސް އުޅުނެވެ. 

ރާއްޖޭގައި މިހާރު ޖަލުތައް ހުންނަނީ މާލެ އާއި ހުޅުމާލެ އާއި ދޫނިދޫ އާއި މާފުއްޓާއި ހިންމަފުށީގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް