ads
ފެނަކަ ބްރާންޗްތަކުގެ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން…ފޮޓޯ/ފެނަކަ
ފެނަކަގެ ހުރިހާ ބްރާންޗެއް ސާފުކުރުމުގެ ބޮޑު ޕްރޮގްރާމެއް ފެށިގެން ކުރިއަށް!
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗެއްގެ ޑިޕާޓްމެންޓުތަކާއި ގޯތިތެރެ ސާފުކުރުމުގެ ބޮޑު ޕްރޮގްރާމެއް ފެށިގެން ކުރިއަށްދާ ކަމަށް ފެނަކައިން ބުނެފި އެވެ.

"ފެނަކަ ކްލީނިންގްޑޭ 21" ފެށިފައިވަނީ މިއަދުގެ ހެނދުނު ހަތެއް ޖެހި އިރުގައެވެ. މި ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ފެނަކަ ބްރާންޗްތަކުންނާއި މާލޭގެ އޮފީސްގެ ހުރިހާ ޑިޕާޓްމެންޓަކުން ވެސް ބައިވެރިވެއެވެ.

your imageފެނަކަ ބްރާންޗްތަކުގެ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން.. ފޮޓޯ/ފެނަކަ

ފެނަކައިގެ މީޑިއާ އޮފިޝަލަކު ސީއެންއެމް އަށް ވިދާޅުވީ، ސާފުކުރުމުގެ މި ބޮޑު ޕްރޮގްރާމް މިއަދު ހެނދުނު ހަތަކުން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށް ގެންދާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހުރިހާ ރަށެއްގެ އަދި މާލޭ އޮފީހުގެ ހުރިހާ މުވައްޒަފުންގެ ފަރާތުންވެސް މިއަދުގެ ޕްރޮގްރާމްއަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި އެންމެން ވެސް ޖޯޝާއި ފޯރީގައި އަވަދިނެތި މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ބައެއް އަތޮޅުތަކަށް މޫސުން ގޯސް ނަމަވެސް އެ ރަށްތަކުން ވެސް މިއަދުގެ ސާފުކުރުމުގެ ޕްރޮގްރާމްގައި ވަނީ ބައިވެރިވެފައެވެ. 

މިދުވަސް މިގޮތަށް ބޭއްވުމުގެ މަގްސަދަކީ އާންމު ރައްކާތެރި ސިއްހީ މިންގަނޑުތަކާ އެއްގޮތަށާއި އައިއެސްއޯގެ މިންގަނޑުތަކާއި އެއްގޮތަށް ހުރިހާ ތަނެއް ސާފުކުރުމަށާއި ކުންފުނީގެ ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތަނުގެ ސާފުތާހިރުކަން އެއް މިންގަނޑެއްގައި ހިފެއްޓުމުގެ ނިޔަތުގައި ކުރިއަށް ގެންދިޔުން ކަމަށް ފެނަކައިން ބުނެއެވެ.

ރާއްޖޭގެ 154 ހަތަރު ރަށެއްގައި ފެނަކައިގެ ހިދުމަތް ދެއެވެ. ފެނަކައިން އަންނަނީ ރަށްރަށުގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ ގޮތުން ބޮޑެތި އެކި މަޝްރޫއުތައް ހިންގަމުންނެވެ. 

63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް