ads
ރަސްފަރި ފަރަށް އެރި ބޯޓު ފޮޓޯ:---
ރަސްފަރީ ފަރަށް އެރި ބޯޓު ފުންކޮށްފި
ކ.ރަސްފަރީގެ ހުޅަނގު ފަރާތު ފަަރަށް އެރި "އެމްވީ ނެވިއަސް އެމެރިލިސް" ނަމަކަށް ކިޔާ އާގުބޯޓު ފުންކޮށްފިއެވެ.

އެމްއެންޑީއެފް އާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ކުރި މަސައްކަތުން ބޯޓު ފުންކޮށްފައިވަނީ މިއަދު ދޭއް ޖަހާ އެހާކަށްހާއިރުއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ބޯޓަކީ އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރި ބޯޓެއް ކަމަށެވެ. 19 ފިލިޕީންސް މީހުނާއެކު ދަތުރުކުރި އެ އާގު ބޯޓު ފަރަށް އަރައިފައިވަނީ ކ.ރަސްފަރި ކައިރިން އިންޖީން ހުއްޓުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. 

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މި ބޯޓު ފުންކުރުމުގެ މަސައްކަތުގައި ބޯޓުގެ ވެރިފަރާތާއި އަދި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފަރަށް އެރި ވަގުތު ބޯޓުގައި މާގިނަ މުދަލެއް ނެތް ކަމަށް ވެއެވެ. 

މީގެ ކުރިން މިގޮތަށް ފަރަށް އެރި ބޯޓުތަކުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި އެކަމާއި ގުޅިގެން އެ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެއެވެ. 

ނަމަވެސް މި އަދު ފަރަށް އެރި މިބޯޓަށް އެފަދަ ފިޔަވަޅެއް އަޅާފައިވާކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް