ads
ސައިކަލު ދުއްވަން ދަސްކުރަނީ
ލައިސަންސް އިމްތިހާނުގެ މުއްދަތު އިތުރުކޮށްދީފި
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ތިއަރީ ޓެސްޓުން ފާސްވެ، ދުއްވުމުގެ އިމްތިހާނު ނުހެދި ތިބި ފަރާތްތަކަށް އިމްތިހާނު ފުރިހަމަކުރުމަށް ލިބޭ މުއްދަތު އިތުރުކޮށްދީފި އެވެ.

ޓްރާންސްޕޯޓުން ނެރުނު ބާޔާނެއްގައި ބުނެފައިވަނީ އާ ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން ތިއަރީ ޓެސްޓު ހަދާފައިވާ ފަރާތްތަކަށް ދުއްވުމުގެ އިމްތިހާނު ފުރިހަމަ ކުރުމަށް ޖެނުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މިގޮތަށް އަމަލުކުރަން ނިންމީ ކޮވިޑް19 ގެ ހާލަތާއި ގުޅިގެން އެކިފަހަރު މަތިން ލޮކްޑައުންކުރަން ޖެހުމުގެ ސަބަބުން ގިނަ ބަޔަކަށް ޓެސްޓު ނުހެދި އޮވެދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. 

ޓްރާންސްޕޯޓުން އަލަށް އަމަލު ކުރަން ފެށި ގަވައިދު ބުނާ ގޮތުގައި ތިއަރީ އިމްތިހާނު ނިންމާތާ ގިނަ ވަގެން 6 މަސް ދުވަސް ތެރޭގައި ދުއްވުމުގެ އިމްތިހާނު ފުރިހަމަ ކުރަން ޖެހޭނެ އެވެ. އަދި މި މުއްދަތުގައި ދުއްވުމުގެ އިމްތިހާނު ފުރިހަމަ ނުކުރެއްވިއްޖެނަމަ އަލުން ތިއަރީ އިމްތިހާނު ހަދަން ޖެހޭނެ އެވެ. 

އަލަށް އަމަލު ކުރަން ފެށި ގަވައިދުގެ ދަށުން ލައިސަންސް އަށް ޕޮއިންޓު ދިނުމުގެ ނިޒާމެއް ވެސް ވަނީ ތައާރަފު ކޮށްފައެވެ. އެގޮތުން ޕާކިން އަދި އެހެނިހެން ޓްރެފިކް މައްސަލަތަކުގައި ލައިސަންސްއަށް ދެވިފައިވާ ޕޮއިންޓުތައް އުނިކުރަން ވަނީ ހަމަޖެހިފައެވެ. ކޮންމެ ލައިސަންސްއަކަށް ވެސް 100 ޕޮއިންޓު ލިބޭއިރު މި ޕޮއިންޓުތައް ހުސްވުމުން ލައިސަންސް ބާތިލުވާނެ އެވެ. އަދި އަލުން ލައިސަންސްއެއް ހެދޭނީ ހަ މަސް ދުވަސް ފަހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް