ads
ރިތިކް އާއި ޓައިގާ--
އަހަރުގެ އެންމެ ފެށުން ވަރުގަދަ ފިލްމަށް "ވާ"
މިއަހަރުގެ މިހާތަނަށް ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް އިއްޔެ ނެރުނު ފިލްމު، "ވާ" ވެއްޖެ އެވެ. އެ ފިލްމަކީ ފުރަތަމަ ފަހަރަށް ޓައިގާ ޝްރޮފާއި ރިތިކް ރޯޝަން އެކުގައި ފެނިގެންދާ ފިލްމެވެ.
މިއަހަރުގެ މިހާތަނަށް ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް އިއްޔެ ނެރުނު ފިލްމު، "ވާ" ވެއްޖެ އެވެ. އެ ފިލްމަކީ ފުރަތަމަ ފަހަރަށް ޓައިގާ ޝްރޮފާއި ރިތިކް ރޯޝަން އެކުގައި ފެނިގެންދާ ފިލްމެވެ.

ޔަޝް ރާޖް ޕްރޮޑަކްޝަނުން ނެރުނު އެފިލްމު ޑައިރެކްޓްކުރީ ސިދާތު އަނަންދެވެ. ފިލްމުގެ ޓްރެއިލާއަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު އެ ފިލްމު އަހަރުގެ އެންމެ ފެށުން ރަނގަޅު ފިލްމަށްވީ ފިލްމު އެޅުވި ދުވަހު 53.35 ކްރޯޑްގެ އާމްދްނީއެއް ހޯދައިގެންނެވެ.

ބެލެވޭ ގޮތުގައި ފުރަތަމަ ހަފުތާގެ ތެރޭގައި އެ ފިލްމު 100 ކްރޯޑް ކްލަބަށް ވަންނާނެ އެވެ.

ފިލްމު އެޅުވުމުގެ ކުރިން ބެލުންތެރިންގެ ފަރާތުން ރިތިކް ވަނީ ވަރަށް ބޮޑު އެދުމެއް ވެސް އެދިފައެވެ. އެއީ ފުރަތަމަ ފިލްމު ބެލުމަށް ފަހު ފިލްމުގައިވާ ގޮތްތައް ސޯޝަލް މީޑިއާގައި އާންމު ނުކުރުމަށެވެ.

ލީޑު ރޯލުން ޓައިގާ ފެނިގެން ދާއިރު ލީޑު ބަތަލާ އެއް ގޮތުގައި ފިލްމުގައި މަސައްކަތް ކުރަނީ ވާނީ ކަޕޫރެވެ. އަދި ރިޕޯޓުތައް ބުނާ ގޮތުގައި އެ ފިލްމުގައި ރިތިކް ދައްކުވައި ދެނީ ޓައިގާގެ މެންޓޯއެއްގެ ގޮތުގަ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގްބޫލުކަން ހޯދި ޓައިގާ އެންމެ ފަހުން ފެނިގެންދިޔައީ، ސްޓޫޑަންޓް އޮފް ދަ އިޔާ 2އަކުންނެވެ.

ރިތިކަކީ ދެހާހުގެ އަހަރުތައް ފެށިގެން އައި އިރުއްސުރެ ބޮލީވުޑުގައި ނަން ވިދާލި ތަރިއެކެވެ. އަދި ވެސް އޭނާގެ ފިލްމުތަކަށް ބޮޑު ތަރުހީބެއް ލިބެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް