ads
މޯލްޑިވިއަން--
ފްލައިޓު ހައިޖެކްކުރާނެ ކަމުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި
ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކްކުރާނެ ކަމުގެ އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުވައްމުލަކު އެއާޕޯޓުން ފުރައިގެން ވެލާނާ އެއާޕޯޓަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވަނީ އޮގަސްޓު 30 ވަނަ ދުވަހުގެ ރޭ 20:50 ހާއިރު އެވެ. 

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބޯޓު ހައިޖެކް ކުރާނެކަމުގެ އިންޒާރުދީފައިވަނީ އެއާޕޯޓަށް އެއްޗެއް ކާގޯ ކުރަން ދިޔަ މީހެކެވެ. އޭނާ ތަކުރާރުކޮށް އިންޒާރު ދިން އިރު، ފަހުން ވަނީ އެއީ މަޖަލަކަށް ކުރި ކަމެެއް ކަމަށް ބުނެފައެވެ. 

މިފަދަ މައްސަލައެއް ހިނގާފައިވާއިރު، މޯލްޑިވިއަންގެ މަތިންދާ ބޯޓަކަށް ލޭޒާ އަލި އެޅުވި މައްސަލައެއް ވެސް މިފަހުން ވަނީ ފެންމަތިވެފައެވެ. މި ފްލައިޓަށް ލޭޒާ އަލި އަޅުވާފައިވަނީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސުމަށް ތައްޔާރަވަމުން ދަނިކޮށެވެ.  ލޭޒާ ލައިޓު އެޅުވުމުގެ ސަބަބުން ބޯޓަށް އެއްވެސް ގެއްލުމެށް ލިބިފައިނުވެއެވެ. އަދި ބޯޓު ވަނީ ސަލާމަތުން ގަން އެއާޕޯޓަށް ޖައްސާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް