ads
މިނިސްޓަރު އިމްރާން މަޖިލީހުގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ފުލުހުންގެ ހަތް ޑިވިޝަނުގެ ބަދަލުގައި ފަސް ޑިވިޝަނަށް ހަދަނީ
ދިވެހި ފުލުހުންގެ ހިދުމަތް މިހާރު ދެމުން އަންނަ ނިޒާމަށް ބަދަލުތަކެއް ގެނެސް އަތޮޅުތަކުގައި ގާއިމު ކޮށްފައިވާ ހަތް ޑިވިޝަންގެ ބަދަލުގައި ފަސް ޑިވިޝަނަށް ބަދަލުކޮށް އެ ޑިވިޝަންތަކަށް ކޮމާންޑަރުން އައްޔަން ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

 ނ.މާފަރު ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި އިމްރާން ވިދާޅުވީ މި ބަދަލުގެ ސަބަބުން ހުރިހާކަމެއްގައި މައި އިދާރާގެ މައްޗަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ކަންކަން އަވަހަށް ނިންމުމުގައި ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވިދާޅުވީ، މިވަގުތު ފުލުހުންގެ ޚިދުމަތް ބަހާލާފައިވާ 7ޑިވިޝަންގެ ބަދަލުގައި، ޚިދުމަތްތައް 5 ރީޖަނަކަށް ބަހާލައި ކަޑައެޅުމަށް ނިންމާފަވާކަމަށެވެ. ސެޕްޓެމްބަރުމަހުގެ ނިޔަލަށް މި ބަދަލުތައް ގެންނަވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

އެ ހަތް ރީޖަނަށް ކޮމާންޑަރުން އައްޔަނުކޮށް، އެ ކޮމާންޑަރުންނަށް އިތުރު ބާރާއި، ވަސީލަތްތައް އަދި ހިދުމަތް ދިނުމަށް ފަހި ކުރެވިފައިވާ ބޭފުޅުންގެ ގޮތުގައި ހަމަޖެހިގެން ދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މި ބަދަލުގެ ސަބަބުން ރައްޔިތުންނާ ގާތުން ފުލުހުން ހިދުމަތް ދިނުމުގައި ފަސޭހަވާނެ ކަމަށާއި، ކުރިއަށް ގެންދަން ޖެހޭ މުހިއްމު މަސައްކަތްތަކުގައި އެބޭފުޅުންގެ ހުނަރުވެރި ކަމާއި, ގާބިލް ކަމާއެކުގައި ކުރިއަށް ދިއުމަށް މަގު ތަނަވަސްވެގެން ދާނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވާކަމަށާއި، އެމަސައްކަތް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް