ads
ޝާފިއު---
އަފްގާނިސްތާނު ޖަލުގައި ތިބި ދިވެހި އާއިލާ މިނިވަންވެއްޖެ
ތާލިބާނުންގެ އަތްދަށުވެފައިވާ އަފްގާނިސްތާނުގެ ޖަލުގައި ތިބި ދިވެހި އާއިލާއެއް މިނިވަން ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން މިނިވަން ވީ ތާލިބާނުންގެ ކޯޓަކުން އެމީހުންގެ މައްސަލަ އަލުން ބެލުމަށްފަހު އެމީހުން ދޫކޮށްލުމަށް ނިންމުމާއި ގުޅިގެންނެވެ. 

ދިވެހި ދެމަފިރިއަކާ އެމީހުންގެ ހަތަރު ދަރީން އަފްގާނިސްތާނުގައި ޖަލަށްލުމަށް ހުކުމް ކުރީ އެމީހުންނަކީ ހަނގުރާމަވެރި ޖަމާއަތަކާ ގުޅެންދިޔަ ބައެއް ކަމަށް އެގައުމުގެ ކޯޓަކުން ކުރި ހުކުމަކާ ގުޅިގެންނެވެ. 

އަފްގާނިސްތާނު ޖަލުގައި ތިބީ ހ. މޫންލައިޓްވެލީ، އަލީ ޝާފިއު، 32، އާއި އޭނާގެ އަނބިމީހާ ގދ. ގައްދޫ، މާލިލީގޭ، ޝަހުދާ ހަމީދު، 33، އާއި އެ ދެމަފިރިންގެ ހަތަރު ކުދިންނެވެ.

ޖަލުގައި ތިބި އެންމެވެސް މިހާރު މިނިވަންވެފައިވީ ނަމަވެސް އަދި މިހާތަނަށް އެމީހުން ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖެހިފައެއް ނުވެއެވެ. އަފްގާނިސްތާނުގައި މިވަގުތު އޮތް ހާލަތާ ގުޅިގެން އެގައުމުގެ ބޯޑަރު ވެސް ވަނީ ބަންދުކޮށްފައެވެ. 

ޝާފިއު އަކީ މީގެ ކުރިން ވެސް ޓެރަރިސްޓު ޖަމާއަތަކާ ގުޅެންދާ އުޅުމުގެ ތެރެއިން އެއާޕޯޓުން ހިފަހައްޓާފައިވާ މީހެކެވެ. ހިބަޅިދޫ ފަޅުތެރެއިން ހަތިޔާރުތަކެއް ފެނުނު މައްސަލާގައި ވެސް އޭނާ ހައްޔަރު ކުރި އެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް