ads
ފޮޓޯ: އެމްވީ ޕްްލަސް
8 މަސް ދުވަހުގެ ތެރޭގައި 140 މީހަކަށް ގާނޫނީ ވަކީލުން ހަމަޖައްސައިދީފައިވޭ
މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް 140 މީހަކަށް ދައުލަތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީން ފެށިގެން ނިމުނު އޮގަސްޓު މަހުގެ ނިޔަލަށް 140 މީހަކަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލުން ހަމަޖައްސާދީފައިވާއިރު އޭގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ ކުޑަކުދިންނަށް ވަކީލުން ހަމަޖައްސައިދިން އަދަދެެވެ. 

އެގޮތުން 18 އަހަރުން ދަށުގެ 74 ކުޑަކުދިންނަށް ދައުލަތުން ވަކީލުން ހަމަަޖައްސައިދީފައިވެއެވެ. 

ވަކީލުން ހަމަޖެއްސި ކުޑަކުދިންނަށް ތުހުމަތު ކުރެވޭ ކުއްތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ ސަބަބުން ވަކީލުން ހަމަޖެއްސި ކުދިންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި 40 ކުޑަކުއްޖަކަށް އެ އޮފީހުން ވަކީލުން ހަމަޖެއްސި އެވެ.

12 ކުއްޖަކަށް ވަނީ މާރާމާރީ ހިންގުމާއި އަނިޔާގެ މައްސަލަތަކުގައި ވަކީލުން ހަމަޖައްސާފަ އެވެ. ވައްކަން ކުރުމާއި މަކަރާ ހީލަތުން ފައިސާ ހޯދައިގެން އަށް ކުއްޖަކަށް ވަކީލުން ހަމަޖައްސާފައި ވާއިރު މުދަލަށް ގެއްލުން ދީގެން ހަތަރު ކުއްޖަކު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ ތުހުމަތުވި ތިން ކުއްޖަކާއި މީހުން މެރުމުގެ ކުށުގެ ދައުވާ ލިބޭ ތިން ކުއްޖަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ދެ ކުއްޖެއްގެ އިތުރުން ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާ މަރުގެ އިންޒާރުދިން ދެ ކުއްޖަކަށް ވެސް ވަނީ ދައުލަތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 18 އަހަރާއި 30 އަހަރާ ދެމެދު 28 މީހުންނަށް ދައުލަތުގެ ފަރާތުން ވަކީލުން ހަމަޖައްސާދީފައިވާއިރު، 31 އަހަރާއި 50 އަހަރާ ދެމެދު 31 މީހަކާއި 50 އަހަރުން މަތީގެ ހަތް މީހެކަށް ވެސް ވަކީލުން ހަމަޖައްސައިދީފައިވެ އެވެ.

ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރާ ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށްވެސް އަމިއްލައަށް ވަކީލަކު ހަމަޖެއްސެން ނެތް ނަމަ ވަކީލު ހަމަޖައްސައިދެނީ ދައުލަތުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް