ads
ސިދާތު އާއި ޝެހެނާޒް
ސިދާާތުގެ ހަށިގަނޑު ގެންދިޔަ ވަގުުތު ޝެހެނާޒް ފަހަތުން ދުވި ހިތާމަވެރި މަންޒަރު
ބިގް ބޮސް 13ގައި ސިދާތު ޝުކްލާާ އަދި ޝެެހްނާޒް ގިލް ނުކުޅުނު ނަމަ އެ ޝޯ ވެގެން ދާނީ ހަަމަ އެކަނި ގޭމަކަށެވެ. އެ ޝޯއިން ދެތަރިންގެ މެދުގައި ފެނިގެންދިޔަ ހާއްސަ ގުޅުން ގިނަ ބަޔަަކަށް ކަމުގޮސްގެން ދިޔައެެވެ.

ބިގް ބޮސް 13 ކާމިޔާާބުކުރި ސިދާތު ޝޯޯ ފެށިގެން ގޮސް ނިމެންދެން ވެސް ޝެހްނާޒް އާ ހާއްސަ ގުޅުމެއް އޮތެވެ. އަދި ސިދާތުގެ އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް ސިދާތު އާ ޝެހްނާޒް އާ ދެމެދު ހާއްސަ ގުޅުމެއް އޮތެވެ.

ކޮންމެހެން ވެސް ތިމާ އެންމެ ލޯބިވާ މީހާ ކުއްލި ގޮތަކަށް ދޫކޮށް ދިއުމަކީ ހިތްދަތި އުނދަގޫ ކަމެކެެވެ.

މިމަހުގެ ދެ ވަނަ ދުވަހު ކުއްލި ގޮތަކަށް ސިދާތު މަރުވުމާއެކު ގިނަ ބަޔަކަށް ލިބުނީ ކުއްލި ޝޮކެކެވެ. ވަކިން ހާއްސަކޮށް ސިދާތުގެ ގާތް މީހުންނަށް މިއީ ހީވެސް ކުރި ފަދަ ކަމެއް ނޫނެވެ. 

ސިދާތުގެ މަރާއެކު އެންމެ ބޮޑު ހިތްދަތި ކަމަކާ ކުރިމަތިލާން ޖެހުނީ ޝެހެނާޒް އެވެ.

 ސިދާތު  އާއި  ޝެހެނާޒް  އެކުގައި  ފެނިގެން  ދިޔަނަމަވެސް  މި  ދެތަރިން  ލޯބީގެ  ގޮތުން  ގުޅިގެން  އުޅޭކަން  މީޑިއާ  އަށް  ހާމަކޮއްފައެއް  ނުވެއެވެ.  އެހެން  ނަމަވެސް  ޝެހެނާޒް  ވަނީ  މި  ދެ  ތަރިންގެ  ގުޅުމާއި  ބެހޭގޮތުން  ކަރަން  ޖޯހަރު  ކުރި  ސުވާލަކަށް  ޖަވާބު  ދެމުން  ސިދާތު  އެއީ  އާއިލާ  ކަމަށް  ބުނެފައެވެ. 

ސިދާތުގެ  ކުއްލި  މަރާގުޅިގެން  ޝެހެނާޒްގެ  ބަހެއް  މީޑިއާތަކަށް  މިހާތަނަށް  ލިބިފައި  ނުވާއިރު  ޝެހެނާޒްގެ ހާލު  ރަނގަޅު  ނޫންކަމަށް އޭނާގެ ބައްޕަ އާއި  ހަވާލާދީ  އިންޑިއާގެ  ނޫސްތަކުގައި  ވަނީ  ރިޕޯޓުކޮށްފައެވެ.

 މީގެ އިތުރުން ޝެހެނާޒް އޭނާގެ ބައްޕައާ ފޯނުން ވާހަކަ ދައްކަމުން ސިދާތު މި ދުނިޔެ  ދޫކޮށް ދިޔައީ އޭނާގެ އަތުތެރޭގައި ކަމަށާއި، ދެން އޭނާ ކީއްތޯ ކުރާނީ އަދި ކިހިނެއްތޯ  ދިރިއުޅޭނީ ބުނެފައިވާކަމަށް ޝެހެނާޒްގެ  ބައްޕަ ބުނެއެވެ. 

ސިދާތުގެ ކުއްލި ވަކިވުމާއެކު ޝެހެނާޒަށް ވަނީ  ވަރަށް ބޮޑު ޝޮކެއް ލިބިފައިކަމަށާއި، އޭނާއަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން  އަންނަ ކަމަށްވެސް މީޑިއާ ރިޕޯޓުތައް  ބުނެއެވެ. 

އިއްޔެ ސިދާތުގެ މޫނު ދެއްކުމަށް ފަހު އޭނާގެ ހަށިގަނޑު ގެންދެވުނު އިރު އެންމެންގެ ކަޅި ހުއްޓުނީ ސިދާތުގެ ހަށިގަނޑު ގެންދިޔަ އެމްބިއުލާންސްގެ ފަހަތުން ޝެހެނާޒް ދުއްވައިގަތް މަންޒަރަށެވެ. 

އެމަންޒަރު ފެނި ގިނަ ބަޔަކަށް އެ ހިތްދަތިކަން އިހުސާސްވިއެވެ. ރިޕޯޓްތައް ބުނާގޮތުގައި ސިދާތު މަރުވީ ޝެހެނާޒްގެ އުނގު އެތެރޭގަ އެވެ.

ސިދާތު ނިމިގެން ދިޔައީ އޭނާގެ ފޭނުންނާ ގާތް ތިމާގެ މީހުން ރޮއްވާލާފަ އެވެ.  

28%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް