ads
ރޮނާލްޑޯއަށް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްސްގެ ސެޓްފިކެޓް ހަވާލުކުރަނީ
ރޮނާލްޑޯގެ ނަން ރަސްމީކޮށް ރިކޯޑް ފޮތަށް
ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ރަސްމީކޮށް ގިނީސް ބުކް އޮފް ވޯލްޑް ރިކޯޑްސްއަށް އަރުވައިފިއެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑް ރޮނާލްޑޯ މުގުރާލީ، މިދިޔަ ހަފުތާ ތެރޭގައި އަޔަލެންޑާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައެވެ.  

ގިނީސް ބުކް އޮފް ވޯލްޑް ރިކޯޑްސް ނުވަތަ ދުނިޔޭގެ ރިކޯޑު ފޮތުގައި ރަސްމީކޮށް ރޮނާލްޑޯގެ ނަން، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ހިމަނައި ރޮނާލްޑޯއަށް މިހާރުވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. ރޮނާލްޑޯ މި ރިކޯޑް ހެދީ މިދިޔަ ހަފުތާގައިދެ ލަނޑު އެއް ލަނޑުން ޕޯޗުގަލް އަޔަލެންޑް އަތުން މޮޅުވި މެޗުގައެވެ. މި މެޗުގައި ޕޯޗުގަލުން ޖެހި ދެ ލަނޑުވެސް ޖެހީ ކެޕްޓަން ރޮނާލްޑޯއެވެ ދެ ލަނޑުވެސް އޭނާ ޖެހީ ބޮލުންނެވެ. 

އުމުރުން ތިރީސް ހަ އަހަރުގެ ރޮނާލްޑޯ، ޕޯޗުގަލްއަށް ޖެހި ލަނޑުގެ ޖުމްލަ އަދަދަކީ މިހާރު ސަތޭކަ އެގާރައެވެ. އެއީ ސަތޭކަ އަށްޑިހަ މެޗުން ރޮނާލްޑޯ ޖެހި ލަނޑެވެ. މި ރިކޯޑް ރޮނާލްޑޯ މުގުރާލުމާއި ހަމައަށް އޮތީ އިރާނުގެ އަލީ ދާއީ އަތުގައެވެ. އެއީ ސަތޭކަ ނުވަ ލަނޑާއެކުއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް