ads
މާލޭ ސިޓީ ކައުންސިލުން މާފަންނު ރައްޔިތުންާ ބައްދަލު ކުރުން: ފޮޓޯ މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓް އަދި ކޮމިއުނިޓީ ޕޯޓަލް ޑިޒައިންކުރާނެ ބަޔަކު ހޯދަނީ
މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓް އަދި ކޮމިއުނިޓީ ޕޯޓަލް ޑިޒައިންކޮށް ޑިވެލޮޕް ކުރުމަށްޓަކައި މަސައްކަތް ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓް އަދި ކޮމިއުނިޓީ ޕޯޓަލް ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ އިއުލާނުގައިމިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް 09 ސެޕްޓެމްބަރ 2021، 14:00 ގެ ކުރިން ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ،[email protected] މި އެޑްރެހަށް މެއިލް ކުރެއްވުމަށް އެދެއެވެ.

މިކަމާ ގުޅޭ މައުލޫމާތު ސާފު ކުރެއްވުމަށް 13 ސެޕްޓެމްބަރ 2021 ވަނަ ދުވަހު 10:00 އަށް މާލެ ސިޓީ ކައުންސިލްގެ އިދާރާ، ނުވަތަ  އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ އަށް ވަޑައިގެން މައުލޫމާތ ސާފު ކުރެއްވުމަށް އިއުލާނުގައި ވެއެވެ.

އަދި އަގު ހުށަހެޅުން ކުރިޔަށް ދާނީ މިމަހުގެ ނަވާރަ ވަނަދުވަހު 10:00ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާ އާއި އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ ގައިކަމަށްވެސް އެއިއުލާނުގައިވއެވެ.

"ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 09 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ" އެއިއުލާނުގައި ވެއެވެ.

މިއިއުލާނާއެކު ބީލަން ރަޖިސްޓްރޭޝަން ފޯމް އެޓޭޗު ކުރެވިފައި ވެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހެއެވެ.އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް