ads
ހެނދުނުގެ ނާސްތާ އަށް އެންމެ ރަނގަޅީ އައިސްކްރީމް
ކޮންމެ ދުވަހެއްގެ ވެސް ހެނދުނު ނާސްތާގެ ގޮތުގައި ކާ އެއްޗަކީ ސިއްހަތަށް ރަނގަޅު ކާނާ ކަމުގައި ވާން ޖެހޭނެއެވެ.
ކޮންމެ ދުވަހެއްގެ ވެސް ހެނދުނު ނާސްތާގެ ގޮތުގައި ކާ އެއްޗަކީ ސިއްހަތަށް ރަނގަޅު ކާނާ ކަމުގައި ވާން ޖެހޭނެ އެވެ.

ސްކޫލް ނުވަތަ ވަޒީފާ އަށް ދިއުމުގެ ކުރިން ނާސްތާ ނަގާއިރު އެ ކާ އެއްޗަކީ މީހާގެ ސިކުނޑި ރަނގަޅަށް ހޭލައްވާލަދީ މަސައްކަތް ކުރެވޭނެ ފަދަ ޖޯޝެއް ގެނުވައިދޭނެ ފަދަ އެއްޗެއް ކަމުގައި ވާން ޖެހޭނެ އެވެ.

ޓޯކިޔޯގެ ކިޔޯރިން ޔުނިވާސިޓި އިން ހެދި ދިރާސާއަކުން ދައްކާ ގޮތުން ނާސްތާގެ ގޮތުގައި އައިސްކްރީމް ބުއިމަކީ އެމީހާގެ ސިކުނޑި ތާޒާ ކޮށްދޭ ކަމެކެވެ.

ދެ ގްރޫޕަކަށް ބަހާލުމަށް ފަހު އެއް ބަޔަކަށް ހެނދުނު ނާސްތާއަށް އައިސްކްރީމް ދިން އިރު، އައިސްކްރީމް ނުދީ ބެހެއްޓި ގްރޫޕަަށް ވުރެ އެމީހުންގެ މަސައްކަތްތައް ރަނގަޅު ކަމަށް އެ ހެދި ދިރާސާއިން ދައްކަ އެވެ.

އައިސްކްރީމަކީ އޭގައި ގުލްކޯޒް ހިމެނޭ އެއްޗަކަށް ވުމުން ހަށިގަނޑަށް ހަކަތަ ލިއްބައިދީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ވެސް ރަނގަޅު އަސަރުތައް ލިއްބައި ދެއެވެ.

ހަކަތައިގެ އިތުރުން އައިސްކްރީމަކީ އުފާ ލިއްބައިދޭ އެއްޗެއް ވެސް މެއެވެ. އައިސްކްރީމް ބުއިމުން މީހާއަށް އުފާވެރި އިހުސާސްތައް ކޮށްދީ ސިކުނޑީގައި ހުންނަ "ޕްލެޝާ ސްޕޮޓްސް" ތަކުގެ ހަރަކާތް އިތުރު ކޮށްދެ އެވެ.

ނަމަވެސް އަބަދު އައިސްކްރީމް ބުއިމަކީ ހަށިގަނޑަށް ނުރައްކާތެރި ކަމެކެވެ. މާ ގިނައިން އައިސްކްރީމް ބޮއެ އުޅޭނަމަ ހަކުރު ބައްޔާއި މާ ބޮޑަށް ފަލަވުން ފަދަ ކަންތައްތައް ދިމާވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް