ads
އެޑަމްސް ފްރާންސްގެ މެޗެއްގެ ތެރެއިން-
39 އަހަރުވަންދެން ކޯމާގައި އޮތް ފުޓްބޯޅަ ކުޅުންތެރިޔަކު މަރުވެއްޖެ
ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޖީން ޕިއެރޭ އެޑަމްސް 39 އަހަރުވަންދެން ކޯމާއެއްގައި އޮތުމަށް ފަހު މަރުވެއްޖެ އެވެ.

ކޯމާއެއްގައި 39 އަހަރުވަންދެން އޮތް އެޑަމްސް މަރުވިއިރު އޭނާގެ އުމުރަކީ 73 އަހަރެވެ. 

އެޑަމްސް ކޯމާއަކަށް ދިޔައީ 1982 ވަނަ އަހަރު ލިޔޮން ހޮސްޕިޓަލުގައި ކުރި ކަކުލުގެ ސާޖަރީއެއްގެ ތެރެއިން އެނެސްތީސީއާ އެރަރ އެއްގެ ސަބަބުންނެވެ. 

ސާޖަރީއަކަށް ވެއްދި އިރު އޭނާ ހުރީ ވަރަށް ފިޓްކޮށް ކަމަށާއި މަދު ގަޑިއިރުތަކަށް ފަހު އޭނާ ހޭލާނެ ކަމަށް ބެލެވިފައިވެއެވެ. ނަމަވެސް އޭނާ އެ ސާޖަރީއަށް ފަހު 39 އަހަރުވަންދެން ކޯމާގައި އޮތެވެ، 

ހޯމަ ދުވަހު އެޑަމްސް މަރުވެފައިވަނީ ނައިމްސް ޔުނިވާސިތީ ހޮސްޕިޓަލްގައެވެ. 

އެޑަމްސް އުފަންވީ 1948 ވަނަ އަހަރު ސެނަގަލްގެ ޑަކަރް އަށެވެ. އޭނާ ވަނީ 1972 އިން ފެށިގެން 1976 އަށް ފްރާންސްގެ ގައުމީ ޓީމަށް 22 މެޗު ކުޅެދީފައެވެ. 

އަދި ޕެރިސް ސެއިންޓް ޖަރްމަން (ޕީއެސްޖީ) އަށް ކުޅުނު އިރު ލީގް ވަން އަށް 41 މެޗު ކުޅެދީފައިވެއެވެ. 

your imageއެޑަމްސް ޕީއެސްޖީއަށް ކުޅުނުއިރު

ދަ ގާޑިއަން އިން ރިޕޯޓްކުރާ ގޮތުގައި އެޑަމް ކަކޫ ހުޅުގައި މައްސަލައެއް ޖެހިފައިވަނީ އޭނާ ކޯޗިން ކޯސްއެއް ހެދުމުގައި އުޅެނިކޮށެވެ. 

އަދި ޑޮކްޓަރަށް ދައްކައި ސްކޭނަކަށް ފަހު، ޑޮކްޓަރު ވަނީ އެންމެ ރަނގަޅު ގޮތަކީ އޮޕަރޭޓް ކުރުމަށް ލަފާދީފައެވެ. 

އޮޕަރޭޝަން ކުރި ދުވަހު ހެނދުނު އެޑަމް ވަނީ އޭނާގެ އަންހެނުން ކައިރީ އޭނާގެ "ހާލު ބަރާބަރު" ކަމަށް ބުނެފައެވެ. 

ނަމަވެސް ކޯމާއަށް ދިޔަ ފަހުން އެޑަމްސް ހޭލާފައެއް ނުވެއެވެ. 

އެޑަމްސްގެ އަންހެނުން ވަނީ ޑޮކްޓަރާ ދެކޮޅަށް ދައުވާ ވެސް ކޮށްފައެވެ. އެ މައްސަލަ ހަތް އަހަރުވަންދެން ކުރިއަށް ދިޔައިރު ލިޔޮންގެ ސެވެންތު ޗެމްބާ އޮފް ކަރެކްޝަނަލް ޓްރިބިއުނަލް އިން ވަނީ އެ މައްސަލައިގައި ގަސްތެއް ނެތް ނަމަވެސް އެހެން މީހަކަށް ގެއްލުން ދިނުމުގެ ކުށް ޑޮކްޓަރު މައްޗަށް ސާބިތުވާކަމަށް ނިންމާފައެވެ.

އޭގެ ފަހުން 2007 ވަނަ އަހަރު އެޑަމްސްގެ އަންހެނުން ވަަނީ އޭނާގެ ހާލަތާ ގުޅޭ ތަފްސީލްތަކެއް ހާމަކޮށްފައެވެ. އެގޮތުން އެޑަމްސް އަށް ވަސް ދުވެ، އަޑު އިވި ކުއްތާ ގޮވުމުން ފުންމާ ގޮތްވި ނަމަވެސް ފެނުން ގެއްލިފައިވާ ކަމަށް އޭނާ ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް