ads
ފުޓްބޯޅަ ލެޖެންޑް ޕެލޭ
ޓިއުމަރެއް ނަގަން ޕެލޭ ބޮޑު ސާޖަރީއެއް ކުރަން ޖެހިއްޖެ
ބްރެޒިލްގެ ފުޓް ބޯޅަ ލެޖެންޑް ޕެލޭ ޓިއުމަރެއް ނަގަން ބޮޑު ސާޖަރީއެއް ކުރަން ޖެހިއްޖެ އެވެ.

އުމުރުން މިހާރު 80 އަހަރުވެފައިވާ ޕެލޭ ޓިިއުމަރު ނަގަން ސާޖަރީއެއް ހެދުމަށް ހޮސްޕިޓަލްގައި އޮންނަތާ މިހާރު ހަ ދުވަސް ވެއްޖެ އެވެ. 

ސައޮ ޕައުލޯގެ އަލްބާޓް އެއިންސްޓައިން ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ޕެލޭގެ ހާލު ސީރިއަސް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕެލޭ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ހާލުހުރިގޮތް ހިއްސާކޮށްފައެވެ. އެގޮތުން ހޮނިހިރު ދުވަހު ކުރި ގޮހޮރުގެ އޮޕަރޭޝަނެއް ކުރިކަމަށާ މިހާރު ޓިއުމަރު ނަގާފަައިވާ ކަމަށް އޭނާ ބުނެއެވެ. 

ހާލު ގޯސްވެ ހޭނެތުނު ކަމަށް ފެތުރުނު ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ.  

ނުހިނގޭތީ ޕެލޭ މިހާރު ގިނަތަންތަނަށް ގޮސް އުޅެނީ ވީލް ޗެއާގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް