ads
އެސްޓީއޯއިން ވަނީ ޑިޖިޓަލް ބޭންކިން ލައިސަންސް ހޯދުމަށް އެދިފައި ---
އެސްޓީއޯއިން ޑިޖިޓަލް ބޭންކިން ލައިސަންސަށް އެދިއްޖެ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޑިޓިޖަލް ބޭންކިން ލައިސަންސް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމް) އަށް ހުށަހަޅައިފި އެވެ.

އެސްޓީއޯއިން ލައިސަންސް ހޯދުމަށް ހުށަހެޅީ މިއަދު އެވެ. ލައިސަންސް ހޯދުމަށް އެމްއެމްއޭގައި އެދުމަށްފަހު އެސްޓީއޯގެ ނޭޖިން ޑައިރެކްޓާ އަދި ސީއީއޯ ހުސެން އަމްރު ވަނީ އެމްއެމްއޭ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ. 

އަމްރު ވިދާޅުވީ އަލަށް ހުޅުވާ ބޭންކު ވެގެންދާނީ އެސްޓީއޯގެ ސަބްސިޑަރީއަކަށް ކަމަށާއި އެއީ މިހާރު ރާއްޖެއިން ފެންނަ ބޭންކުތަކާއި މުޅިންތަފާތު ކޮންސެޕްޓެއްގެ ބޭންކެއް ކަމަށެވެ. އެގޮތުން އެ ބޭންކު ވެގެންދާނީ އެކައުންޓު ހުޅުވުން ފަދަ ހުރިހާ ހިދުަމތެއް ވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ލިބޭނެ ޑިޖިޓަލް ބޭންކަކަށް ކަމަށް އަމްރު ވިދާޅުވި އެވެ. 

"މި ބޭންކަކީ މުޅިން އެކީ ޑިޖިޓަލްކޮށް ރާއްޖޭގައި ހިންގާނެ ފުރަތަމަ ބޭންކް. މިއީ ޑިޖިޓަލް ރާއްޖެއެއްގެ ފެށުން." -- އަމްރު

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމްރު ވިދާޅުވީ ލައިސަންސް ލިބުމަށް ތިން މަހެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށާއި އޭގެ ފަހުން ކުންފުނި ރަޖިސްޓްރީ ކުރުމުގެ ކަންކަމާއިގެން ކުރިއަށްދިއުމަށް ނިންމާފައިވާ ކަމަށެވެ. އަމްރު ވިދާޅުވި ގޮތުގައި ބޭންކުގެ މަސައްކަތްތައް ނިމި އާއްމުނަށް އަންނަ އަހަރު ބޭންކު ހުޅުވާލެވޭނެ ކަމަށް އުއްދީކުރައްވާ ކަމަށެވެ. 

ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ގާއިމު ކުރަމުގެ އިތުރުން އެސްޓީއޯއިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގޮދަން ފުށް އުދައްފާ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ވެސް ފަށާފައެވެ. އެސްޓީއޯއިން މައުލޫމާތު ދެއްވާ ގޮތުގައި މިހާރު ކުރިއަށްދަނީ ގޮދަން ފުށް ފެކްޓްރީ އަޅާނެ ސަރަހައްދެއް ފައިނަލް ކުރުމަށް ކުރަން ޖެހޭ ކަންކަމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް