ads
މަރުވި 12 އަހަރުގެ ކުއްޖާގެ ހަށިގަނޑު ގެންދަނީ-
ނުރައްކާތެރި ނިޕާ ވައިރަސް ފެތުރެން ފެށުމާއެކު ކެރަލާ އެލާޓަށް
އިންޑިއާގެ ދެކުނު ސްޓޭޓެއް ކަމަށްވާ ކެރަލާއިން ނުރައްކާތެރި ނިޕާ ވައިރަސްގެ ކޭސް އެއް ފެނުމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅައިފި އެވެ.

ކެރަލާގައި ނިޕާ ވައިރަސް ފެތުރެމުންދާއިރު މިވަގުތު އިންޑިއާގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްކޮށް އޮތީވެސް ކެރަލާގައި އެވެ. 

އާދިއްތަ ދުވަހު 12 އަހަރުގެ ކުއްޖަކު ނިޕާ ވައިރަސްގައި މަރުވުމާ ގުޅިގެން ކެރަލާ ވަނީ ހައި އެލާޓަަށް ގެނެސްފައެވެ. ކުއްޖާ މަރުވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށެވެ. 

މަރުވި ކުއްޖާގެ ކޮންޓެކްޓް ޓްރޭސިން އޮފިޝަލުން މިހާރު ކުރަމުން އަންނަ އިރު، ކުއްޖާ އާ ކޮންޓެކްޓްވި ހޮޒިކޯޑޭ ސިޓީގެ އެތައް ސަތޭކަ މީހުން ވަނީ އައިސޮލޭޓް ކޮށްފައެވެ. 

އަންގާރަ ދުވަހު އެ ސްޓޭޓްގެ ހެލްތު މިނިސްޓަރު ވަނީ މަރުވި ކުއްޖާގެ 8 ޕްރައިމަރީ ކޮންޓެކްޓްގެ ސާމްޕަލް ޓެސްޓު ކުރުމުން ނެގެޓިވްވެފައިވާކަމަށް ވިދާޅުވެފައެވެ. 

ނަމަވެސް އެއީ ވަގުތީ ހިތް ހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ނިޕާ ވައިރަސް އެންމެ ފުރަތަމަ ދެނެގަނެވިފައިވަނީ 1990 ގެ ތެރޭގައި މެލޭޝިއާ އިންނެވެ. އެ ވައިރަސް ފެތުރެނީ ވާލު، އޫރު އަދި  އެއް އިންސާނެއްގެ ގައިން އަދި އަނެއް އިންސާނެއްގެ ގަޔަށް ވެސް ފެތުރެއެވެ.

ބަލި ޖެހުމުން ގަދަޔަށް ހުން އައިސް ހޮޑު ލެވޭ ގޮތް ވާއިރު އަދި މިހާތަނަށް މި ބައްޔަށް ވެކްސިނެއް ހޯދިފައެއް ނުވެއެވެ. 

މި ބަލީގެ ފަރުވާއަކަށް ދެނީ އަލާމާތް ތަކަށް ދެވޭ ސަޕޯޓިވް ކެއާ އެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަންގާ ގޮތުގައި މިއީ ކޮވިޑް-19 އަށް ވުރެ ނުރައްކާތެރި ބައްޔަކަށް ވާއިރު، މިބަލި ޖެހޭ މީހުން މަރުވުމުގެ ފުރުސަތު އުޅެނީ 40 އިންސައްތަ އާ 75 އިންސައްތަ އާ ދޭތެރޭގައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް