ads
ބުޅާ މަރަން ނިންމި ނިންމުން ބާތިލުކޮށްފި
ރ. އުނގޫފާރުގަ މަރާ ކޮންމެ ބުޅަލަކަށް 100 ރުފިޔާ ދޭން ނިންމި ނިންމުން އުނގޫފާރު ކައުންސިލުން ދާދިދެންމެއަކު ބާތިލުކޮށްފިއެވެ.
ރ. އުނގޫފާރުގަ މަރާ ކޮންމެ ބުޅަލަކަށް 100 ރުފިޔާ ދޭން ނިންމި ނިންމުން އުނގޫފާރު ކައުންސިލުން ދާދިދެންމެއަކު ބާތިލުކޮށްފިއެވެ.

އެ ނިންމުން ބާތިލުކުރީ އެ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހުއެވެ.

މި ނިންމުން ބާތިލުކުރަން ނިންމީ ބުޅޭ މެރުމުން ފައިސާ ދޭން ނިންމުމުން އެ ކައުންސިލަށް ފާޑުކިޔަން ފެށުމުންނެވެ.

އެރަށު ކައުންސިލުގެ ރައީސް އަބްދުއް ނާސިރު މި ނިންމުން ބާތިލް ކުރުމުގެ ކުރިން ވިދާޅުވެފައިވަނީ، ފައިސާ ލިބޭނީ ބުޅާ މަރާލުމަށް ފަހު ކައުންސިލާ ހަވާލުކުރުމުން ކަމަށެވެ. ނަސީރު ވިދާޅުވީ ބުޅާ ކައުންސިލާ ހަވާލުކުރުމުން އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލުންނެވެ.

ރަށު ކައުންސިލުން ބުޅާ ބަލައިގަންނަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 11:00 އަށް ކައުންސިލް އިދާރާއިންނެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ކުނިވެފައި ހުންނަ ބުޅާ ބަލައި ނުގަންނާނެ ކަމަށް ކައުންސިލުން ވަނީ ބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް