ads
ރިހިވެލި ރިސޯޓު-- ފޮޓޯ: މޯލްޑިވްސް ޑޮޓް ކޮމް
ރިހިވެލިއަށް ފުލުހުން ނާރާ، ކުރިއަށް ދަނީ ނެގޯޝިއޭޝަންގެ ކަންކަން: ލޯޔަރު ނިޔާޒް
ކ.މަހާނައެޅި ހުރާގައި ތަރައްގީ ކޮށްފައިވާ "ރިހިވެލި ބީޗް ރިސޯޓް" އަށް ފުލުހުން ނާރާ ކަމަށާއި، ކުރިއަށް ދަނީ ސޭވްދަ ޑްރީމް މޯލްޑިވްސް އާއި މާހަލް ޓްއަސްއާއިއެކު ކުރިއަށްދާ ނެގޯޝިއޭޝަންގެ ކަންކަން ކަމަށް ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން ވަކާލާތު ކުރައްވާ ލޯޔަރެއް ކަމުގައިވާ އަހްމަދު ނިޔާޒް ވިދާޅުވެއްޖެ އެވެ.

ސަބްލީސް އެގްރީމެންޓް ބާޠިލްކުރުމުގެ މާހަލް ޓުއަސްގެ ފަރާތުން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ފޮނުވާފައިވާ ޓާމިނޭޝަން ނޯޓިސްއަކީ ސަބްލީސް އެގްރީމެންޓުގެ ދަށުން ފޮނުވާފައިވާ ސައްހަ ނޯޓިސްއެއްކަމަށް ކަނޑައަޅައި އެނޯޓިސްގެ ދަށުން ސޭވް ދަ ޑްރީމް އާއި، މާހަލް ޓުއަސްއާއި ދެމެދު ސޮއިކުރެވިފައިވާ ސަބްލީސް އެއްބަސްވުން ބާތިލްވެފައިވާތީ ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ނުވަތަ އެކުންފުނީގެ ހިއްސާދާރަކަށްވެސް މާހަލް ޓުއަސް ޕްރައިވެޓް ލިމިޓެޑުގެ ނުރުހުމުގައި ރިހިވެލި ބީޗް ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެތަނުން މަންފާ ހާސިލްކުރުމުގެ ހައްޤެއް ލިބިގެން ނުވާކަމަށް ނިންމާ ހުކުމް ކޮށްފައެވެ.  

އެ ހުކުމް ތަންފީޒުކުރުމަށްޓަކައި މިވަގުތު އެ ރިސޯޓު ހިންގަމުންދާ ސޭވް ދަ ޑްރީމަށް ޓްއަރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ލައިސެންސް މިވަގުތު އޮތީ ޓްއަރިސަމް މިނިސްޓްރީން ބާތިލުކޮށްފައެވެ. 

ހުކުމް އިއްވުމާއިއެކު މީގެ ކުރިން އެރަށަށް ބަޔަކު އަރާފައިވާއިރު މިއަދުވެސް އިތުރު ބަޔަކު އެ ރަށަށް އެރާ ސޭވް ދަ ޑްރީމް އެ ރަށުން ބޭލުމަށް މަސައްކަތް ކުރި ކަމަށް ލޯޔަރު ނާޒިމް ސައްތާރު ވަނީ ވިދާޅުވެފައެވެ. އެފަހުން އެރަށަށް ފުލުހުން އަރައިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ސީއެންއެމްއިން ސުވާލުކުރުމުން ލޯޔަރު ނިޔާޒް ވިދާޅުވީ، އެ ރިސޯޓަށް ފުލުހުން އެރީ ނޫން ކަަމަށެވެ. 

ފުލުހުން އެ ރިސޯޓުގައި ހަރަކާތްތެރިވަމުންދަނީ މާހަލް ޓްއަސްއާއި ސޭވް ދަ ޑްރީމްގެ ވަކީލުންނާއިމެދު ނެގޯޝިއޭޝަންތަކެއް ކުރިއަށްދާތީ ކަމަށް ވިދާޅުވިއެވެ. 

"ފުލުހުން އެރީ ކީ ނޫން. އަޅުގަނޑުމެންނާއި(ސޭވް ދަ ޑްރީމް) މާހަލް ޓްއަސްގެ ވަކީލުން ކަމަށް ބުނާ ބަޔަކާއިއެކު މަޝްވަރާތަކެއް ކުރެވެމުންދަނީ މިވަގުތު. ނެގޯޝިއޭޝަންތަކެއް ކުރިއަށްދާތީ ފުލުހުންވެސް މިކޮޅުގައި އެބަ ހަރަކާތްތެރިވޭ" ނިޔާޒް ވިދާޅުވިއެވެ. 

ޓޫރިޒަމް މިނިސްޓްރީން މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކ. މަހާނައެޅިހުރާ (ރިހިވެލި ބީޗް ރިސޯޓް) ރަށާއި ގުޅޭގޮތުން މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑާއި ސޭވް ދަ ޑްރީމް އާއި ދެމެދު "ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓް އިން ރެސްޕެކްޓް އޮފް ދަ އައިލެންޑް އޮފް ރިހިވެލި ބީޗް ރިޒޯޓް (މަހާނައެޅިހުރާ) މޯލްޑިވްސް" މިނަމުގައި 15 ފެބްރުއަރީ 2018 ގައި "ސޭލް އެންޑް ޕާޗޭސް އެގްރީމެންޓް" (އެސްއެންޕީ) އެއްގައި ސޮއިކުރެވިފައިވެ އެވެ. 

އަދި "ސޭލް އެންޑް ޕާޗޭސް އެގްރީމެންޓް" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިހިވެލި ބީޗް ރިޒޯޓް ސަބްލީސްކުރުމުގެ ގޮތުން އުފައްދަންޖެހޭ ޖޮއިންޓްވެންޗާ (ޖޭވީ) ގެ ގޮތުގައި ސޭވް ދަ ޑްރީމް އާއި، މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 08 މެއި 2018 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން "ރިހިވެލި ބީޗް ރިޒޯޓް" ސޭވް ދަޑްރީމްއަށް ސަބްލީސް ކުރެވިފައިވާކަން އެނގެން އޮވެއެވެ. އަދި ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 2014 އިން ފެށިގެން 2024 އާއި ހަމައަށް ރިހިވެލި ބީޗް ރިސޯޓް ސަބްލީސްކޮށްފައި ވަނިކޮށް ސަބްލީސް އެގްރީމެންޓްގެ ދަށުން ދައްކަންޖެހޭ ކުލި އެގްރީމެންޓާއި އެއްގޮތަށް ނުދައްކާކަމަށް ބުނެ ސަބްލީސް އެގްރީމެންޓް ޓަމިނޭޓްކުރިކަން އަންގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 14 ގައި މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑުން ވަނީ ސޭވް ދަ ޑްރީމަށް ޓާމިނޭޝަން ނޯޓިސް ފޮނުވާފައިވެއެވެ.

އެޔަށްފަހު ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އެ ސަބްލީސް އެގްރީމެންޓުގެ ދަށުން ސޭވް ދަ ޑްރީމް އާއި ރިސޯޓު ޙަވާލު ކުރެވިފައިވާކަމާއި، އެދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ސްބަލީސް އެގްރީމެންޓް މާހަލްޓުއަސް ގެ ފަރާތުން ބާޠިލްކޮށްފައިވަނީ ސަބްލީސް އެގްރީމެންޓުގެ ދަށުން ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން މާހަލް ޓުއަރސް އަށް ދައްކަންޖެހޭ ސަބްލީސް ރެންޓާއި ހެޑްލީސް ރެންޓް އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތަށް ދައްކަމުން ނުދާތީކަން ސަބްލީސް އެގްރީމެންޓް ބާޠިލްކުރުމުގެ ގޮތުން މާހިލް ޓުއާސްގެ ފަރާތުން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ފޮނުވާފައިވާ ނަންބަރު ޓާމިނޭޝަން ނޯޓިސްއިންނާއި، ދައުވާލިބޭ ފަރާތްތަކުގެ ބަހުން އެނގޭ ކަަމަށެވެ. 

އެފަދަ އެގްރީމެންޓެއްގެ ދަށުން ދައްކަންޖެހޭ ރެންޓް އެއްބަސްވުމާއި އެއްގޮތަށް ނުދެއްކުމަކީ އެ އެގްރީމެންޓް ބާޠިލްކުރުމުގެ ޙައްޤު ކުއްޔަށް ދިންފަރާތަށް ލިބިގެންވާ ކަމެއް ކަމަށާއި ރެންޓް ދެއްކުމަކާނުލައި އެ އެގްރީމެންޓުގެ ދަށުން ލީސް ކުރެވިފައިވާ ތަނަކުން ނުވަތަ އެއްޗަކުން މަންފާ ހާސިލްކުރުމުގެ ޤާނޫނީ ހައިސިއްޔަތެއް ކުއްޔަށް ނަނގާ ފަރާތަށް ލިބިގެން ނުވާކަމީ އެފަދަ އެއްބަސްވުންތަކުގެ އަސާސްކަން ކޮންޓްރެކްޓާ ބެހޭ ގޮތުން އަމަލުކުރެވެމުންދާ އިސްތިގުރާރުވެފައިވާ އުސޫލުތަކަށް ރިއާޔަތްކުރުމުން އެނގެން އޮތް ކަމަށް އެ ހުކުމްގައި ވެއެވެ.

އެ ހުކުމް މިހާރު ސޭވް ދަ ޑްރީމުން އޮތީ އިސްތިއުނާފް ކުރަން ހުށަހަޅާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް