ads
މަޖިލިސް ޖަލްސާއެއްގެތެރެއިން
އަތޮޅު ކައުންސިލް ނައިބުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
އަތޮޅު ކައުންސިލްތަކުގެ ނައިބުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ކައުންސިލުގެ ނައިބުން މުސާރަ ބޮޑުކޮށްދޭން އެލްޖީއޭއިން އެދުނީ އެ މަގާމުގެ މަސްއޫލިއްޔަތުތައް އިތުރުވި ނަމަވެސް މުސާރާއިގެ ގޮތުން އާއްމު މެމްބަރުންނާއި ނައިބުންގެ މުސާރަ އެއް ހަމައެއްގައި އޮތުމުންނެވެ. 

މަޖިލީހުން އަތޮޅު ކައުންސިލު ނައިބުންގެ މުސާރައަށް ގެންނަ ބަދަލު ފާސްކުރުމަށް 41 މެމްބަރަކު ވޯޓު ދެއްވިއެވެ. 

މަޖިލީހުން މިއަދު ފާސްކުރީ އަތޮޅު ކައުންސިލު ނައިބުންގެ މުސާރައަށް އިތުރު 1000 ރުފިޔާގެ އެލެވެންސަކާއެކު 21،000 ރުފިޔާ މަހު ދިނުމަށެވެ. މީގެ ކުރިން ގައިދު އޮތް ގޮތުން އަތޮޅު ކައުންސިލް މެމްބަރަކަށް ވެސް އަދި ނައިބަކަށް ވެސް ލިބެނީ 20،000 ރުފިޔާ އެވެ. އަތޮޅު ކައުންސިލް ރައީސްގެ މުސާރައަކީ 28،000 ރުފިޔާ އެވެ. 

މިއަދު ނައިބުން މުސާރައަށް ގެނައި މި ބަދަލަށް އަމަލު ކުރަން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުން ފެށިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް