ads
ފަލަސްތީންގެ ރައީސްގެ ހާއްސަ މަންދޫބު، ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމުގެ ތެރެއިން---ފޮޓޯ:ފޮރިން މިނިސްޓްރީ
ފަލަސްތީންގެ ރައީސްގެ ހާއްސަ މަންދޫބު، ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
ފަލަސްތީންގެ ރައީސް ހިޒް އެކްސެލެންސީ ޑރ. މަޙްމޫދް އައްބާސްގެެ ހާއްސަ މަންދޫބު، ހިޒް އެކްސެލެންސީ ޑރ. މަޙްމޫދް އަލް ހައްބާޝް، މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވައިފިއެވެ.
ފަލަސްތީންގެ ރައީސް ޑރ. މަޙްމޫދް އައްބާސްގެެ ހާއްސަ މަންދޫބު، ޑރ. މަޙްމޫދް އަލް ހައްބާޝް، މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ބޭއްވެވިި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ދިވެހިރާއްޖެ އާއި ފަލަސްތީނާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ފަލަސްތީނުގެ ރައީސްގެ ހާއްސަ މަންދޫބު ވަނީ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަ ގުޅުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ފަލަސްތީނުގެ ރައީސްގެ ހާއްސަ މަންދޫބު، ޑރ. މަޙްމޫދް އަލް ހައްބާޝް، ހިދުމަތް ކުރައްވަމުންގެންދަވަނީ (މިނިސްޓަ) ޕްރެޒިޑެންޓްސް އެޑްވައިޒާ ފޯ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަންސް، އަދި ސުޕްރީމް ޖަޖް އޮފް ޝަރިއާ ކޯޓްސް (ޗީފް ޖަސްޓިސް) އޮފް ދަ ސްޓޭޓް އޮފް ޕަލަސްތީންގެ ގޮތުގައެވެ.

އެ ބައްދަލުކުރެއްވުމުގައި، ފޮރިން ސެކްރެޓަރީ ޢަބްދުލްގަފޫރު މުހައްމަދުގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޢަހްމަދް ޝިއާން އާއި ޑިރެކްޓަރު އަބްދުލްވާރިސް ސައީދު ‏ބައިވެރިވެވަޑައިގެންނެވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް