ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު މެމްބަރުން
ޓީޗަސް ރަޖިސްޓްރޭޝަން ބޯޑު އެކުލަވާލައިފި
Share
އެޑިޔުކޭޝަން ޤާނޫނުގެ ދަށުން އުފައްދަންޖެހޭ "ޓީޗަސް ރަޖިސްޓްރޭޝަން ބޯޑު" މިއަދު އެކުލަވާލައްވައިފި އެވެ.
Advertisement

"ތަޢުލީމުގެ ޤާނޫނަކީ"  ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ނޮވްމްބަރު 10 ވަނަ ދުވަހު ތަސްދީގުކުރައްވާ އާއްމުކޮށްފައިވާ ގާނޫނެކެެވެ. މި ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މި ގާނޫނު ތަސްދީގުކުރެއްވިތާ އަހަރެއްވުމާއި ގާތްވެފައިވަނިކޮށް އެ ގާނޫނަށް މިދިޔަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. 

މި ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން މުދައްރިސުން ރަޖިސްޓަރީ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، "ޓީޗަސް ރަޖިސްޓްރޭޝަން ބޯޑު" ގާނޫނަށް އަމަލުކުރަން ފަށާތާ އެއް މަސްދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވާލަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. 

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ "ޓީޗަސް ރަޖިސްޓްރޭޝަން ބޯޑު"ގެ ރިޔާސަތު ބަލަހައްޓާނީ، މިނިސްޓަރު ޢައްޔަންކުރާ ރަޖިސްޓްރާއެވެ. އެގޮތުން، ރަޖިސްޓްރާގެ ގޮތުގައި އައްޔަންކުރާ ފަރާތަކީ މިނިސްޓްރީގައި މަސައްކަތްކުރާ، މިނިސްޓަރުގެ ނައިބުގެ ފެންވަރު ނުވަތަ އެއަށްވުރެ މަތީ މަޤާމެއް އަދާކުރާ ފަރާތެއްކަމުގައި ވާންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. 

އެ ބޯޑު މިއަދު މިނިސްޓްރީން އެކުލާވާލާފައިވާއިރު ބޯޑު އެކުލެވިގެންވާންވާނެ ކަމަށް ގާނޫނުގައި ބަޔާންކުރަނީ ޖިސްޓްރާއަކާއި، އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާގެ ފަރާތަކާއި، ކިޔަވައިދިނުމުގެ ދާއިރާގެ ފަރާތަކާއި، ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާގެ ފަރާތެއް، އަދި ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާގެ ފަރާތެކެވެ. 

މިއަދު އެ މިނިސްޓްރީން އެކުލާވާލާފައިވާ "ޓީޗަސް ރަޖިސްޓްރޭޝަން ބޯޑު"ގައި ހިމެނޭ ފަސް މެމްބަރުންނަކީ:

1. ރަޖިސްޓްރާ: ސްޓޭޓް މިނިސްޓަރު އާއިޝަތު އާތިޔާ ނަސީރު

2. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތަޢުލީމީ ސިޔާސަތުގެ ދާއިރާ: އެޑިޔުކޭޝަން އޮފިސަރު ނަހުޒާ ޝަރީފް

3. ކިޔަވައިދިނުމުގެ ދާއިރާ: އެޑިޔުކޭޝަން އޮފިސަރު ޔުސްރާ މުރާދު

4. ތަޢުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ: އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަ އާމިނަތު މުހައްމަދު

5. ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާ: އެޑިޔުކޭޝަން އޮފިސަރު ފައުޒިއްޔާ އަލީ

ތައުލީ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި މުދައްރިސުން ރަޖިސްޓަރީކޮށް، މުދައްރިސުންނަށް ލައިސަންސްދިނުމުގެ ގަވާއިދުތަކާއި އުސޫލުތައް، އެ ބޯޑުން އެކުލަވާލައި ޢާންމުކުރަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިދުމަތުގައި ތިބި މުދައްރިސުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރުދުވަހުގެ ތެރޭގައި  ރަޖިސްޓްރޭޝަން ބޯޑުގައި ރަޖިސްޓަރީކޮށް، ލައިސަންސް ހޯދަންވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ. 

ރަޖިސްޓަރީކުރުމަކާ ނުލައި ދިވެހިރާއްޖޭގައި ހިންގާ އެއްވެސް ސްކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކޮށްގެންނުވާނެ ކަމަށާއި އެފަދައިން ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް މެނުވީ، އެއްވެސް ސްކޫލެއްގައި މުދައްރިސެއްގެ ވަޒީފާދީގެންނުވާނެކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް